ރޮސްޓްރަމާ އެކު ސިޑިބަރި ހިމެނޭގޮތަށް ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ރަށެއް ކަމަށްވާ އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބިންގާ އަޅައިިފިއެވެ.

އޭދަފުށީގައި މި ބިންގާ އަޅައިދިނީ 2008 ގެ ސާފް ޗެމްޕިއަންޝިޕުގެ ރަންވަނަ ހޯދި ޓީމުގެ މުހައްމަދު ޖަމީލް (ޖަމްބޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ އިތުރުން 1991 ސާފް ގޭމްސްގައި ރާއްޖެއިން ފުރަތަމަ ރިހިމެޑަލް ހޯދި ޓީމުގެ ޑިފެންޑަރު އަބްދުލްވާހިދު ހުސައިން އަދި އަބްދުލް މަޖީދު ހަސަނެވެ.

އޭދަފުށީގައި ފެންވަރު ރަނގަޅު ޓާފް ދަނޑެއް ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. މި ދަނޑަކީ އޭދަފުއްޓަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އަހުމަދު ނަޒީރުގެ ދީލަތި އެހީތެރިކަމާއެކު އެޅި ޓާރފެކެވެ. މިއީ ފީފާ އެޕްރޫވްޑް ފެންވަރު ރަނގަޅު މޮޅު ޓާރފެކެވެ. ދަނޑުގެ ސިޑީބަރިއާއި ރޮސްޓަމް ކުރަހާފައިވަނީ ރާއްޖޭގެ މަގްބޫލު ބައެއް ކަމަށްވާ ސިއާކް އާކިޓެކްސް އެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި ދަނޑުގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެޗުތައް ކުޅެން ކުރަމުންދާ މަސައްކަތުގެ ެތރެއިން އެޅިގެންދާ ސިޑީބަރިއާއި ރޮސްޓަމް އަކީ މި ދަނޑު ތަރައްގީއަށް މުހިއްމު ބައެކެވެ. އޭދަފުށީ ކައުންސިލާއި ހަވާލާދީ އޭދަފުށީ ޓައިމްސްގައި ބުނެފައިވާ ގޮތުގައި މި ސިޑިބަރި ނިމޭއިރު އެއްފަހަރާ 850 މީހުންނަށް މެޗު ބަލަން ތިބެވޭނެއެވެ.

ރޮސްޓަމްގައި ހިމެނެނީ ވީވީއައިޕީ އަށް ހާއްސަ 30 މީހުންގެ ޖާގައިގެ ތަނަކާއި ވީއައިޕީގެ ގޮތުގައި 100 މީހުންގެ ޖާގައިގެ ތަނެކެވެ. ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ވީވީއައިޕީ އަށް ހާއްސަކުރާ ބައި އޭސީ ކުރާނެ ކަމަށާއި ވީއައިޕީ ވެއިޓިން ލޯންޖަކާއި، ނަމާދު ކޮޓަރި، ޕްރެސް ރޫމް، ދެޓީމުގެ ޗޭންޖިން ރޫމް، މެޑިކަލް ރޫމް، މީޑިއާ ބޮކްސް، ސްޓޭޑިއަމް އޮފީސް، ކޯޗުންގެ ރޫމްގެ އިތުރުން ރެފްރީންނަށް ހާއްސަކޮށް ކޮޓަރިއެއް އެތަނުގައި ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދަނޑުގެ ކުރެހުމެއް-- ފޮޓޯ: ސިއާކް

މީގެއިތުރުން ވީއައިޕީން ބިލެތްމީރުކޮށްލައްވާނެ ވަކިން ތަނަކާއި އެމްބިއުލާންސަށް ހާއްސަ ޕާކިން ސަރަހައްދެއް އެޅުމަށްވެސް ނިންމާފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް މެޗުބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ސިޑިބަރީގެ އަމަލީ މަސައްކަތް މި ހަފްތާ ފެށުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އައްޑޫ އެމްޑީޕީ ގޫބައްޑާމެއްޔަށް ދެން ބާރަށް އަތްޖަހަލައު. ވިސްނައި ފިކުރުކޮށްފެލަ. އާބާދީގެ ގޮތުން ދެވަނަ އަތަޅަކީ ކޮބާ؟ ހެއުނިވޭހެއް ތަފިރިޔަ ސައުފު ވައިލިބޭތާކިތިބެ ގައުމާއި ވަތަނާއި މެދަ ވިސްނަފެލައު.

    • ސޯލްޖާ

      އެވެރިންނަށް ހެދޭނެއި ބިޑި

      2
      1