މާދަމާ ސްރީލަންކާގައި ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ދިވެހިންނަށް ވިއްކަން ނިންމި ޓިކެޓުގެ އަގު 3000 ރުޕީސް (15 ޑޮލަރު) އަށް ކުޑަކޮށްފިއެވެ.

މި މުބާރާތުގައި ދިވެހިންނަށް މެޗު ބަލަން ވަދެވޭގޮތަށް ކުރިން އޮތީ މީހަކަށް 5000 ރުޕީސް (25 ޑޮލަރު) އަށެވެ. މެޗުގެ ޓިކެޓުތަކުގެ އަގު ކުޑަކުރީ ގިނަ ދިވެހިންގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

މިކަން ހާމަކޮށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓިކެޓުގެ އަގު ކުރަކުރަން ލަންކާ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށައެޅީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިގޮތަށް ނިމިގެންދިޔައީ ލަންކާ ފެޑެރޭޝަނުގެ ރައީސް ޖަސްވާރު އުމަރު އާއި ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.

މަހްލޫފް ވިދާޅުވީ އަގުހެޔޮކޮށް ދިވެހިންނަށް ދޭން ނިންމާފައިވާ ޓިކެޓުތަކަކީ ދަނޑުގެ އެހެން ސަރަހައްދަކުން ދޫކުރަން ނިންމާފައިވާ ޓިކެޓުތަކެއް ކަމަށެވެ. އަދި މަހްލޫފް ވަނީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމަލް ރާޖަޕަކްސްަ އާއި އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ޝުކުރުއަދާކުރައްވާފައެވެ.

މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅޭއިރު މި މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ނަމަވެސް ދިވެހިންނަށް ހާއްސަކޮށް ވިއްކާނީ ކިހާ އަދަދެއްގެ ޓިކެޓެއް ކަމެއް ހާމައެއްނުކުރެއެވެ. ޓިކެޓުގެ އަދަދާއި ގުޅޭގޮތުން ލަންކާ ފެޑެރޭޝަނުން ބުނީ ވިއްކާނީ "ލިމިޓެޑް ޓިކެޓް" ތަކެއް ކަމަށެވެ.

ވަގުތު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްރީލަންކާގައި ޓިކެޓުތައް ވިއްކުމަށް ފަށާނީ މިއަދު މެންދުރުފަހު ލަންކާގަޑިން 15:00 ގައެވެ. މިއަދު ޓިކެޓު ވިއްކާނީ އިރުއޮއްސި 18:00 ވަންދެނެވެ. އަދި މާދަމާ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ހެނދުނު 11 އިން މެންދުރު ފަހު ދޭއް ޖަހަންދެނެވެ.

ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން އަށެއް ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަރަބެ

    ޓިކެޓުގެ އަގު ކުރަކުރަން ލަންކާ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށައެޅީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އެދުމުގެ މަތިން ކަމަށެވެ ---

    ހެހެހެ... ދެން ވަޒީރު ތިއީ ކީއްކުރާ މީހެއްބާ ؟
    މަނިކުފާނުއަށް ކިޔަންވީ - މިނިސްޓަރ އޮފް އަނގަފޮނި

    • އިނގިއްޖޭ

      ލަންކާ ރުފިޔާގެ 3000 ރުޕީސް ތި އެންމެ 250 ދިވެހި ރުފިޔާއެއްނު.. 500 އަށް ޓިކެޓު ނަގައިގެންވެސް ދަނޑަށް ވަތްބައެއް ދިވެހިންނަކީ.. ތިހެން އަދި ޖެއްސުންކޮށްލިޔަސް އިސްތައްޓެކޭވެސް ހިތަށް ނާރާނެ އިނގިއްޖޭ

      3
      2
  2. ހިމް

    ދިވެހިން ކުޅޭ މެޗުގައި އިދިކޮޅު ސަޕޯޓަރުން ދަނޑަށް ވަނުމަށް ހުރަސް އެޅިޔަސް ބޭރު ގައުމުތަކުން ނޫޅޭ އެކަމަކާ. އެމީހުން ބޭނުންވަނީ ބޭރުން ޒިޔާރަތްކުރާ ޓީމަށް ރަނގަޅު މެހެމާންދާރީ އަދާކޮށް، ކުޅެގެން މޮޅު ހޯދަން.

    5
    2
  3. މުހައްމަދު

    މަހްލޫފް ވިދާޅުވީ އަގުހެޔޮކޮށް ދިވެހިންނަށް ދޭން ނިންމާފައިވާ ޓިކެޓުތަކަކީ ދަނޑުގެ އެހެން ސަރަހައްދަކުން ދޫކުރަން ނިންމާފައިވާ ޓިކެޓުތަކެއް ކަމަށެވެ. އެހެންވީމާ ކުރިން 5000 އަށް ވިއްކަން ބުނި ޓިކެޓް ތަކުގެެ ޖާގަ އެހެންބަޔަކަށްތަ؟ ދަނޑުގެ ކޮންހިސާބަކުންތަ؟ ކުލޭ ދަނޑާއި ދުރުނޫން ހިސާބަކުންތަ؟ ވާނުވާ ނޭނގޭތީވެ ހަމަ