މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށް ދެއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ސްރީލަންކާއަށް ވަޑައިގެންފި އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ސީޝެލްސް އެވެ. މި މުބާރާތުން ކަޓާފައިވަނީ ރާއްޖެއާއި ބަންގްލަދޭޝް އެވެ.

މީގެކުރިން މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލުކުރީ މިމަހުގެ 17 ގައެވެ. ނަމަވެސް ފީފާގެ ރައީސް ވަޑައިގަންނަވާތީ އެ ދުވަސް ބަދަލުކުރީ މިއަދަށެވެ. މުބާރާތުގެ ފައިނަލް މެޗަށް އިންފަންޓީނޯ ވަޑައިގަންނަވާނެ ކަން ސްރީލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކުރެއްވީ މުބާރާތް ފެށުމުގެ ކުރިންނެވެ.

ފީފާގެ ރައީސް ލަންކާގައި

މިއީ ދެކުނު އޭޝިއާގެ ފުޓުބޯޅައިގެ ކަަންކަން ބެލުމާއި ލަންކާގެ ފުޓުބޯޅަ ތަރައްގީކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ މަޝްވަރާތަކަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ލަންކާގެ މީޑިއާތަކުން މައުލޫމާތުދެއެވެ. އަދި ދެކުނު އޭޝިއާގައި ފުޓުބޯޅަ ކުރިއަރުވަން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް މި ދަތުރުގައި މަސައްކަތްކުރާނެ އެވެ.

މުބާރާތުގެ ފައިނަލް މެޗު މިއަދު ކުޅޭއިރު ފައިނަލަށްފަހު ފީފާގެ ރައީސް އިންފަންޓީނޯ މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ލަންކާ ފެޑެރޭޝަނުން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ސިޔާސީ ކުޅި ކުޅޭން ވޯލްޑްކަޕެއް ބާވައިފިނަމަ ޔަގީނުންވެސް ތަށި އުފުލާލާނީ ރާއްޖެއިން!!!!

    • 🤬🤬

      މިއަމިއްލަ އެދުމުން ހަލާކުވެފައި ތިބި ސިޔާސީ ވެރިން މިގައުމު ހަލާކު ކޮށްފިއޭ