ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އިނގިރޭސި ކުލަބުތަކާއެކު ބޭއްވީ ބޭކާރު ބައްދަލުވުމެއް ކަމަށާއި އެއީ އެއްވެސް ބޭނުމެއް ހިފުނު ބައްދަލުވުމެއް ނޫންކަމަށް ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

މި ބައްދަލުވުމަކީ ކޮވިޑާއި ގުޅިގެން ގިނަ މެޗުތަކެއް ފަސްކުރަން ޖެހުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން ލީގު ބޯޑޫން ކުލަބުތަކާއެކު ބޭއްވި ބައްދަލުވުމެކެވެ.

ކޮވިޑުގެ އާ ވޭރިއަންޓެއް ކަމަށްވާ "އޮމްރިކޮން" ވޭރިއަންޓް ޔޫރަޕުގައި ހަލުވިކަމާއި އެކު ފެތުރެން ފެށުމާއި ގުޅިގެން އަދި ކުލަބުތަކުގެ ކުޅުންްތެރިންނާއި އޮފިޝަލުން ކޮވިޑަށް ފައްސިވާ ނިސްބަތް މަތިވާން ފެށުމާއި ގުޅިގެން މިހާތަނަށް 13 މެޗެއް ވަނީ ފަސްކޮށްފައެވެ.

މިކަންކަން ބޮޑުވުމާއި ގުޅިގެން ޕްރިމިއަރ ލީގުގެ ބޯޑުން ކުލަބުތަކާއެކު ބޭއްވި މި ބައްދަލުވުން ކޮންޓޭ ސިފަކުރީ ފާރަކާއި ވާހަކަދެއްކުން ގޮތުގައެވެ.

"ބައްދަލުވުން ބޭއްވުމުގެ ކުރިން އެމީހުން (ޕްރިމިއަރ ލީގުން) ވަނީ ހުރިހާ ކަމެއް ނިންމާފައި، އެ ބައްދަލުވުމުގައި އިތުރަށް ދައްކަން އޮތް ވާހަކައެއް ނެތް، މިއީ ޕްރިމިއަރ ލީގުން ދައްކާލަން ބޭއްވި ބައްދަލުވުމެއް" ކޮންޓޭ ބުންޏެވެ.

މި ބައްދަލުވުމުގައި ޕްރިމިއަރ ލީގުން ވަނީ މުސްތަގްބަލުގަި އަޅާނެ ފިޔަވަޅުތައް އަޅާނީ ޔުއެފާ ޕްރޮޓޮކޯލަށް ބެލުމަށްފަހު ކަމަށެވެ.