ލިވަޕޫލްގެ އަދި މިސްރު ޒުވާން ފޯވާޑް މުހައްމަދު ސަލާހް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

\ސަލާހް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ހަމަޖެހިފައިވަނީ ހުރަވަޅި ރިސޯޓުގައެވެ. ނަމަވެސް ސަލާހް ރާއްޖޭގައި ހޭދަކުރާނީ ކިތައް ދުވަސް ކަމެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.

ސަލާހް އަކީ މިދިޔަ ސީޒަންގައި ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ކުޅެދިން ކުޅުންތެރިއެވެ. އެގޮތުން ސަލާހްވަނީ ލިވަޕޫލްގެ ތާރީހުގައިވެސް އެއް ސީޒަނެއްގައި އެންމެ ގިނަ ޖޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފައެވެ.

ޕްެރިމިއާލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ ސަލާހް އަކީ ކަޅު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެއެވެ.

ސަލާހް އިތުރު ފަސް އަހަރު ލިވަޕޫލްގައި މަޑުކުރަން ނިންމާ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާއިރު ސަލާހް އައު ކޮންޓްރެކްޓްގައި ސޮއިކުރީ ލިވަޕޫލްގެ ތާރީހުގައިވެސް އެންމެ ބޮޑު މުސާރައެއްދޭ ކުޅުންތެރިޔާގެ ގޮތުގައެވެ. އެގޮތުން އާ ކޮންޓްރެކްޓާއެކު ސަލާހު އަށް ހަފްތާއަކު 200،000 ޕައުންޑް ލިބޭނެއެވެ.

މިއަހަރުގެ ފީފާ ވޯލްޑްކަޕްގައި ސަލާހް އާއި އެކު މިސްރަށް އެދެވޭ ކާމިޔާބީއެއް ނުލިބުން ކަމުގައިވިޔަސް ސަލާހް އަކީ މިސްރު ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ.

ކުލަބު ފެންވަރުގައި ސަލާހް 303 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 121 ގޯލު ޖަހާފައެވެ. އަދި މިސްރުގެ ގައުމީ ޓީމާއި އެކު ސަލާހް ކުޅުނު 59 މެޗުގައި އޭނާ ވަނީ 35 ގޯލު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެއްމެން

    މަރްހަބާ ސަލާހް. ދިވެހީންނަށް ވަރަށް ބޮޑު ފަޚްރެއް މިލިބުނީ

  2. ޑޮން

    ކަޅު ނަސްލެއް ނޫން. އެފްރިކާ

  3. Anonymous

    މަރުޙަބާ ސަލާހު. ޝުކުރިއްޔާ ރައީސް ޔާމީން

  4. އެސޮރު

    މަރުހަބާ

  5. އެސޮރު

    މަރުޙަބާ ސަލާހު. ޝުކުރިއްޔާ ރައީސް ޔާމީން

  6. އެނގޭތަ

    ސުވާލަކީހުރަވަޅި ރިސޯޓަށް ތި ޑޮލަރުތައް ލިބުމުން، ދިވެހިންނަށް ނުވަތަ ދިވެހިރާއްޖޭގެ އިޤތިޞާދަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ތިޔަ ޑޮލަރުގެ ތެރެއިން ކިތައް ޑޮލަރު އާންމު ދިވެހި ރައްޔިތު މީހާއާ ހަމައަށް އަންނާނެ ހެއްޔެވެ؟ ނާންނާނެ އެވެ. ތިޔަ ޑޮލަރުން **ޗުގެ ޖީބު ބޮޑުވުން ފިޔަވާ އިތުރު ކަމެއް ނުވާނެ އެވެ. މި ޤައުމުގެ މިގޮތަށް މިއޮތީ، މިހާތަނަށް އައި ޑޮލަރުތަކުން ވެސް ރައްޔިތު މީހާއަށް ފައިދާކޮށްފައި ނުވާތީ އެވެ. ޤައުމަށް ކިތަންމެހާ ވެސް ގިނައިން ޑޮލަރު ވަދެއެވެ. އެކަމަކު ވަކި ބައެއްގެ ޖީބަށެވެ.

  7. ދުބާއީ

    ކަޅު ނަސްލު .... މިނޫން ގޮތަކަށް ލިޔަންވެސް ނޭގުނު ދޯ.... ބޮޑު ވަރު

  8. ދުބާއީ

    ކަޅު ނަސްލު. މިނޫން ގޮތަކަށް ލިޔެލަން ވެސް ނޭގުނީ ދޯ... ބޮޑު ވަރު

  9. ސައްދާމް

    އޭ ސަލާހް ކައެ ވަރަށް ގަދަ