މެންޗެސްޓަރ ޔުުނައިޓެޑުގެ ދާއިމީ ކޯޗަކަށް މައުރީސިއޯ ޕޮޗެޓީނޯ ގެންނަން އެ ކުލަބުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޝްހޫރު ގޯލް ޑޮޓްކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔުނައިޓެޑުގެ ބައެއް ކުޅުންތެރިންނާއި އެ ކުލަބުގެ ބައެއް އިސްވެރިން ވެސް ވަނީ ޕޮޗެޓީނޯ އަކީ އެ ކުލަބަށް މިހާރު އެންމެ އެކަށީގެންވާ ކޯޗުކަމަށް ބުނެފައެވެ.

ޔުނައިޓެޑުގެ ވަގުތީ ކޯޗުގެ ގޮތުގައި މިހާރު ހަރަކާތްތެރިވަނީ ރަލްފް ރަންގްނިކް އެވެ. އޭނާގެ މުއްދަތު ހަމަވާނީ މި ސީޒަން ނިމުމުންނެވެ. އެ މަގާމަށް ރަންގްނިކް ގެނައީ އެންމެފަހުން އެ ކުލަބުގެ ދާއިމީ ކޯޗަކަށް ހުރި ސޯލްޝެއާ ވަކިކުރުމަށްފަހު އެވެ.

ރަންގްނިކް އާއެކު ވަގުތީ އެއްބަސްވުމެއް އޮތް ނަމަވެސް އޭނާގެ ކޯޗިން ރަނގަޅުނަމަ ޓީމުގައި ބެހެއްޓޭނެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގެ ބޯޑު އަދި ޓީމުގެ އިސް ކުޅުންތެރިން މިހާރު ބޭނުންވަނީ އާ ކޯޗެއް އެ ޓީމަށް ގެނައުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރަންގްނިކް ގެ ފީކަޅާ ނިންމުންތަކުގެ ސަބަބުން ޓީމުގެ އެތެރޭގައި މިހާރުވެސް އޮތީ މައްސަލަ އުފެދިފައެވެ. އެކަން ތިލަކުރި އެއް ކުޅުންތެރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މީގެކުރިން ނުސީދާ ގޮތެއްގައި ރަންގްނިކް ގެ ކޯޗިން ވައްޓަފާޅި ކަމުނުދާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ޕޮޗެޓީނޯގެ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޕޮޗެޓީނޯ އަދިވެސް ހުރީ އޭނާގެ މިހާރުގެ ކުލަބް ޕީއެސްޖީގައި ދެމިހުންނާށެވެ. އަދި ކުލަބު ބަދަލުކުރުމުގެ ވިސްނުމެއް އޭނާގެ ނެތްކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޕީއެސްޖީގެ ބޯޑުން ބޭނުންވަނީ އާ ކޯޗެއް މި ސީޒަން ނިމުމުން ގެންނާށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒޯރޯ

    ޜޮނާމެން ބޮޑާހޭކީމަ އެވީ ކޯޗް ބޭރުކުރަން. ފާގަސަން އަލުންގެނައިމާ ކިރިޔާވެސް ކުރިޔަށް ކަނޑާނި މެންޔޫ

    6
    1