އިނގިރޭސި ކުލަބު ޗެލްސީގެ މައި އެކައުންޓެއް ބޭންކުން ސަސްޕެންޑުކޮށްފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސަސްޕެންޑުކޮށްފައި ވަނީ ބާކްލޭޒް ބޭންކުގައި ހުޅުވާފައިވާ ޗެލްސީގެ އެކައުންޓެކެވެ.

ބާކްލޭޒް އިން މި ފިޔަވަޅު އެޅީ ފުޓްބޯޅައާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޗެލްސީއަށް ދީފައިވާ ލައިސަންސް ވަޒަން ކުރުމަށް ބޭންކުން ވަގުތު ބޭނުންވާތީ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިނގިރޭސި ސަރުކާރުން ޗެލްސީއަށް ފުޓްބޯޅައާ ގުޅުން ހުރި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ލައިސަންސް ދީފައި ވަނީ އަބްރަމޮވިޗްގެ "އެސެޓްތައް ފްރީޒްކޮށް، އިނގިރޭސިވިލާތުގެ ފަރުދުންނާއި ވިޔަފާރިތަކާ އެކު މުއާމަލާތް ކުރުން މަނާކުރުމާއި، ދަތުރުފަތުރު ކުރުން މަނާކުރުމާއި، ދަތުރުފަތުރުގެ ދަތިކުރުމުގެ ފިޔަވަޅު" އަޅާފައި ވަނިކޮށެވެ.

ބާކްލޭސް ޗެލްސީގެ ބޭންކް އެކައުންޓް ސަސްޕެންޑް ކުރުމަކީ އެ ކްލަބަށް ސީރިއަސް އަސަރުތަކެއް ކުރާނެ ކަމެކެވެ. ނުވިތާކަށް މިއީ ކުރިޔަށްއޮތް ތަނުގައި ކުލަބުގެ މުސްތަގްބަލާއި މެދުވެސް ސުވާލު އުފެދޭވަރުގެ ނިންްމުންތަކެކެވެ.

ޗެލްސީއާއި އެ ކުލަބުގެ ވެރިޔާ އަބްރަމޮވިޗް އަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މުޅި ޓީމަށްވެސް ދަނީ ކުރަމުންނެވެ. އެކަން ކޯޗު ޓުޗެލް ވެސް ވަނީ ދާދިފަހުން މީޑިއާގައި ފާހަގަކޮށްފައެވެ.

ޗެލްސީގެ ވެރިޔާ އަބްރަަމޮވިޗް ވެސް ވަނީ އެ ކުލަބު ވިއްކާލަން ނިންމާފައިވާ ކަން ދާދިފަހުން މީޑިއާގައި ހާމަކޮށްފަައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ ފިޔަވަޅެއްނޫން! ތިއީ ޖެއްސުންކުރަނީ، ތި އުޅެނީ އަޅައިގަނެގެން.

    2
    1
  2. ހުސޭނުބޭ

    މަތީގަ ޢެއިނީ މަބުނި އެއްޗެެއް ނޫން. ހަމަ ރަނގަޅަށް ތިވީ. އިބުރަހަމޮސޭންޑްވިޗް އައުޓް!