ޓެކާސް ފުޓްސަލް މުބާރާތުގައި އއ.ބޮޑުފޮޅުދޫ އާއި އއ.މަތިވެރި ބައްދަލުކުރި މެޗަށްފަހު ހަމަނުޖެހުން ހިންގައިފި އެވެ.

މި މެޗުން މަތިވެރި ޓީމު ވަނީ ބޮޑުފޮޅުދޫ އަތުން 2-0 އިން ބަލިވެފައެވެ. މަތިވެރީގައި ކުޅުނު މި މެޗަށްފަހު ހަމަނުޖެހުން އެންމެ ފުރަތަމަ ހިނގާފައިވަނީ މެޗު ނިމުމަށްފަހު އެވެ. ދެ ރަށަށް ނިސްބަތްވާ ސަޕޯޓަރުންވެސް ވަނީ މާރާމާރީ ހިންގާފައެވެ.

އޭގެފަހުން ބޮޑުފޮޅުދޫ ޓީމު ފުރަން ބަނދަރުމައްޗަށް ދިޔަފަހުން ވެސް ވަނީ މާރާމާރީ ހިންގާފައެވެ. އޭގެތެރެއިން އެކަކު ވަނީ ޒަހަމްވެ މަތިވެރި ސިއްހީ މަރުކަޒުގައި އެޑްމިޓުކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މެޗުގެ ތެރެއިންވެސް ދަނޑަށް އަރާތިބި ބައެއް ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ. އަދި އެ ހޫނުމަތީގައި މެޗު ނިމުމަށްފަހު ވެސް އެކަން ކުރިއަށް ދިޔައެވެ.

މިކަމާއި ގުޅިގެން ބަނދަރުމަތީގައި ގިނަ އަދަދެއްގެ އާންމުން މިވަގުތު ވެސް ތިބީ ޖަމާވެގެންނެވެ.

ބޮޑުފޮޅުދޫ އާއި މަތިވެރި އަކީ ޒަމާނުއްސުރެއް ވެސް ވާދަވެރިކަން އޮންނަ ދެ ރަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އސ

    ދިވެހީން ޖާހިލިއްޔަތު ކަމުގައި

    8
    3
  2. ހަގުއަނބި

    ހޭބަލިވަނީ ކޮންމެ ކަމެއްގަ ވެސް

    3
    2