ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ފަސޭހަކަމާއެކު ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ދަ ގްރާންޑޭ އަތުން ޓީސީ މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޓީސީން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅެވެ.

މި މޮޅާއެކު ޓީސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮޮއިންޓާއެކު އެވެ. ނަމަވެސް މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) މޮޅުވެއްޖެ ނަމަ އެ ޓީމަށް ހަތަރުވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޓީސީން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މިއީ ދަ ގްރާންޑޭގެ ގޯލްކީޕަރަށް ހެދި ގޯހެއްގެ ފައިދާ ނަގައިގެން ޓީސީއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ކާމިޔާބުކުރި ލަނޑެކެވެ.\

ޓީސީގެ ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހު އެވެ. އަދި ދަ ގްރާންޑޭއަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް މެޗުގެ 74 ވަނަ މިނެޓުގައި ޓީސީގެ ތިންވަަނަ ލަނޑުވެސް ކާމިޔާބުކުރީ މުސްލިހު އެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ޓީސީގެ ހަތަރުވަނަ ލަނޑު ކާަމިޔާބުކޮށްދިނީ މުހައްމަދު އަޖުފާނެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

\