އާސެނަލްގެ މިޑްފީލްޑަރު ތޯމަސް ޕާޓޭ އިސްލާމްވެއްޖެ ކަމަށް ބޭރުގެ މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.

އެކަން އެ ނޫހުން ހާމަކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ ކުޅިވަރު ނޫސްވެރިއެއް ކަމަށްވާ ކޯނާ ހުމްއާ ހަވާލާދީއެވެ.

ޕާޓޭ އިސްލާމްވި ކަން އޭނާ ޓްވީޓާގައި ހިއްސާކޮށްފައި ވަނީ ޤުރުއާން ހިފަހައްޓައިގެން ހުރި ފޮޓޯއަކާ އެކުއެވެ.

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅުމަށްފަހު، އުމުރުން 28 އަހަރުގެ މިޑްފީލްޑަރު އިނގިރޭސި ކުލަބު އާސެނަލްއާ ގުޅުނީ 2020 ވަނަ އަހަރުއެެވެ.

އޭނާ ވަނީ ގަނާރސް އަށް ކުޅުނު 57 މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑެނީ

    ޢަލްހަމްދްލިﷲ ﷲއަކުބަރު

    55
    1
  2. އުގުރި

    ފިތުރަތުގެ ދީން އިސްލާމް ދީންނެވެ.

    17
  3. ލާރސަން

    الحمدلله

    19