މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޖެސީ ލިންގާޑަށް ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކުލަބަކުން ހުށަހެޅި އޮފާއަކާ މެދުގައި ވިސްނަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސައުދީގެ ކްލަބަކުން ވަނީ އަހަރަކު 11.8 މިލިއަން ޑޮލަރު ލިންގާޑަށް ލިބޭނެ ވަރުގެ އޮފާއެއް ހުށަހަޅައިފައެވެ. އެ އޮފާއާ މެދުގައި އަންނަ ހަފްތާގައި ލިންގާޑް ގޮތެއް ނިންމާނެ ކަމަށްވެއެވެ. ލިންގާޑް މިހާރު ހުރީ އާ ފުޓްބޯޅަ ކްލަބަކަށް ކުޅެން ބޭނުންވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ލިންގާޑް ޔުނައިޓެޑާ އެކުގައި ހެދި އެއްބަސްވުން މިދިޔަ ޖޫން މަހު ވަނީ ހަމަވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ލިންގާޑް ބޭނުން ވަނީ އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގަށް ކުޅޭށެވެ. އެގޮތުން 29 އަހަރުގެ ލިންގާޑަށް ކުޅުންތެރިޔާ އަށް ތިން އޮފާއެއް ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ވެސްޓްހަމް ޔުނައިޓެޑުން ވަނީ ލިންގާޑް ގެންދިއުމަށް މަޝްވަރާތައް ފަށައިފައެވެ. މިދިޔަ ސީޒަންގެ ބައެއްގައި ލިންގާޑް ވަނީ ވެސްޓް ހަމްއަށް ބަދަލުވެ މޮޅު ކުޅުމެއް ދައްކައިފައެވެ.

ވެސްޓްހަމްގެ އިތުރުން އެވަޓަން އިން ވެސް ވަނީ އިނގިރޭސި ވިލާތުގެ ފޯވާޑް ގެންދިއުމަށް ޝައުގުވެރިވެފައެވެ.

ލިންގާޑް ވަނީ ޔުނައިޓެޑަށް ކުޅެދިން 232 މެޗުގައި 35 ގޯލް ޖަހައި ދީފައެވެ. އެކަމަކު، ޔުނައިޓެޑްގެ ފުރަތަމަ އެގާރަ އިން ޖާގަ ހޯދުމަކީ ލިންގާޑަށް މި ފަހުން އައިސް އުނދަގޫ ކަމެކެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓްހަމްގައި ހޭދަކުރި މުއްދަތުގައި ލިންގާޑް ވަނީ 16 މެޗު އެ ކުލަބަށް ކުޅެދީ ނުވަ ގޯލް ޖަހައި 16 ފަހަރު ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ.