20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އިން 0-4 ގެ ނަތީޖާއަކުން ރާއްޖޭގެ ޒުވާން ޓީމު ބަލިކޮށްފިއެވެ.

އިންޑިއާގައި ކުރިޔަށްދާ މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައެވެ. މިގޮތުން ނޭޕާލްގެ ހާފަށް ބާރުބޮޑުކޮށް މަދުން ނަމަވެސް ރާއްެޖެއިން ދިޔައީ ހަމަލާތައް އުފައްދަމުންނެވެ.

ނަމަވެސް ނޭޕާލް އިން ވަނީ މަޑު މަޑުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މިގޮތުން ފުރަތަމަ ހާފްގެ ފަހު 20 މިނެޓު ތެރޭގައި އެޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތައް ވަނީ ފޮނުވާލާފާއެވެ.

ނޭޕާލް އިން މެޗުގެ ލީޑު ނެގީ 42 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރީ ޑިޕޭޝް ގުރުންގްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ނޭޕާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ނޭޕާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނޭޕާލް އިން ލީޑު ފުޅާކުރީ 58 ވަނަ މިނެޓުގައި ސުގަމް ސުވަލްއެވެ. އޭގެ ހަތަރު މިނެޓު ފަހުން ނޭޕާލްއަށް ލިބުނު ޕެނަލްޓީއަކުން ރަޓްނާ ޗުންޗޫ ވަނީ ނޭޕާލްގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި ލަނޑުތަކަށްފަހު ވެސް ނޭޕާލްގެ އިތުރުން ރާއްޖެއަށް ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނޭޕާލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މަނަގްޔާ ނަކާމީއެވެ.

ރާއްޖެއިން ދެވަނަ މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނައިރު، ތިންވަނަ މެޗުގައި 31 ވަނަ ދުވަހު ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހު އިންޑިއާއާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް، ނޭޕާލް، ސްރީލަންކާ އަދި އިންޑިއާއެވެ. މި ފަސް ޓީމުވެސް އެއް ގްރޫޕެއްގައި ހިމެނޭއިރު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގައުމީ ލޭ !

    2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސާފް މުބާރާތުގައި ރާއްޖެ މޮޅަށްކުޅެ ނޭޕާލް އާއި އެއްވަރުކުރި އަދި ސެމީއަށްގޮސް ތިންވަނަ ހޯދި މީ ގަބޫލުނުކުރެވޭ ހަޱި ނަތީޖާއެއް !؟ ކޯޗުންނާ މުޅި މެނޭޖްމަންޓު ޖަވާބުދާރީވާންޖެހޭ..!

    11
  2. ޔާމީން

    މެނޭޖްމަންޓްގަ ތިބި ތަޖްރިބާ ހޯދާ އެންމެން ބޭރުކުރަން އުޅެމާ، މިހޯދާ ތަޖްރިބާތަކުން ވާކމެއް ހަރާމް.

    12
  3. ސަޕޯޓަރ

    ކޯޗު ކިތައްމެ މޮޅަސް ކުޅުންތެރިން ނެތް ފެންވްރެއް ނުދެއްކޭނެ

    2
    4
    • ޙަަަހަ

      ކޯޗުންގެ ނެތީ ފެންވަރު

  4. އޭއެމް

    އެފްއް އަކީ ބޮޑުގޭންގެއް ލިބޭހުރިހާލާރިބޭނުނކުރަނީ އެރައީސް އެރައީސްގެ ބޮޑުބޭބެއެކޭ ތަފާތެއްނެތި ހަރާމެއް ހަލާލެްނުބަލާ ބަޑުފުޅުއެލުން ނޫންކަމެއް ނެތް ޒުވާންޓީމް ބަލިވީމަ ބޯލަރައީސް ދެރަނުވާނެ ކާންބޭނުންވާވަރައް ކެއުނީމަ ބޯލަރައީސްއއައް ނިމުނީ !!!!