މ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އެސްޑެލާ ފުޓްސަލް ޗެލެންޖް 2022 ގައި މިސް ޔޫ ސްޕޯޓްސްބަލިކޮށް ކްލަބް ޑީ އަމީގޯސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުލަކަށް ނިސްބަތްވާ މިސް ޔޫ ސްޕޯޓްސްގެ މައްޗަށް ނާލާފުއްޓަށް ނިސްބަތްވާ އަމީގޯސް އިން ކުރިހޯދާފައި ވަނީ 1-3 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް އަމީގޯސްގެ މުހައްމަދު އަޔާޒް ހޮވުނުއިރު، މެޗަށްފަހު ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ވަނީ ހަވާލުކޮށްފައެވެ.

މިގޮތުން މުބާރާރުގެ ޓޮޕް ސްކޯރާއަކަށް އަމީގޯސްގެ މުހައްމަދު އަޔާޒް ހޮވުނުއިރު، ކިންގް އޮފް ދަ ޓޯނަމަންޓްގެ މަގާމުވެސް ހޯދާފައި ވަނީ އޭނާއެވެ. އަދި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ފްރެންޑްސް ފުޓްސަލް ކްލަބްގެ މުހައްމަދު ޔަޒްދާންއެވެ.

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް މުލަކުގެ ބޮލި ބްލޫސް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ އަމީގޯސްގެ އިސްމާއިލް ނަޖީބްއެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އަމީގޯސްގެ އިބްރާހިމް ފިރުޝާންއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން:

  1. މުހައްމަދު އަޔާޒް (އަމީގޯސް)
  2. އިބްރާހިމް ޝައްފާން (އަމީގޯސް)
  3. އަހުމަދު އައިހަމް (އަމީގޯސް)
  4. އަލީ ޝަހީމް (މިސް ޔޫ ސްޕޯޓްސް)
  5. އަހްސަން ރަޝާދް (ފްރެންޑްސް ފުޓްސަލް ކްލަބް)

ކިޔުންތެރިންގެ ހިޔާލު