މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްކޮޓްލޭންޑްގެ މިޑްފިލްޑަރު ސްކޮޓް މެކްޓޮމިނޭ ހޯދުމަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓޯކްސްޕޯޓް އިން ބުނީ، މެކްޓޮމިނޭ ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަތަރު ކްލަބެއްވެސް ހިމެނޭ ކަމަށެވެ.

ޔުނައިޓެޑަށް އަލަށް ސޮއިކުރި ރެއާލްގެ ކުރީގެ މިޑްފިލްޑަރު ކަސެމީރޯއާއެކު، މެކްޓޮމިނޭއަށް ޔުނައިޓެޑުގެ ފުރަތަމަ 11 އިން ފުރުސަތު ލިބުން އިތުރަށް ދަތިވާނެ ކަމަށް ބެލެވެއެވެ. މިގޮތުން މެކްޓޮމިނޭ ޔުނައިޓެޑު ދޫކޮށްލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މެކްޓޮމިނޭ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ޕްރިމިއާ ލީގުގެ ޓީމްތައް:

  • އެވަޓަން
  • ނިއުކާސަލް ޔުނައިޓެޑު
  • ވެސްޓް ހަމް
  • ލެސްޓާ ސިޓީ

ޔުނައިޓެޑުން 2016 ވަނަ އަހަރުގެ ސީޒަނުގައި ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި އުމުރުން 25 އަހަރުގެ މެކްޓޮމިނޭ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތް ސީޒަނުގައި ކުޅުނު 172 މެޗުގައި 16 ލަނޑު ކާމިޔާބު ކޮށްފައެވެ.

ސްކޮޓްލޭންޑް ގައުމީ ޓީމަށް ކުޅުނު 34 މެޗުގައި އެއް ލަނޑު ކާމިޔާބު ކޮށްފައިވާ މެކްޓޮމިނޭ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕްގެ ދެވަނަ އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު