އޭޝިއާގައި ބާއްވާ އެންމެ ބޮޑު ޗެސް މުބާރާތް، އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު އިިންޑަނޭޝިއާއަށް ފުރައިފިއެވެ.

ހަތް އުމުރު ފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގައި ރާއްޖޭގެ ފަސް ފިރިހެން ބައިވެރިންނާއި ދެ އަންހެން ބައިވެރިން ވާދަ ކުރާނެއެވެ. މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ޓީމުގައި ޖުމްލަ ހަތް ކުޅުންތެރިން ހިމެނެއެވެ. އެއީ މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނެޝަނަލް ޔޫތު އެންޑް ޖޫނިއަރ ޗެސް މުބާރާތުން އެއްވަނަ ލިބުނު ތިން ކުޅުންތެރިންނާއި، އަމިއްލަ ގޮތުން ބައިވެރިވި ތިން ކުޅުންތެރިންނެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލު ކުރާ ބައިވެރިން:

މަރިޔަމް އީނަލް މުއާވިޔަތު

މުހައްމަދު ޔޫއާން ޔަކްސަން

މުހައްމަދު ލޫތު އިސްމާއިލް

ޔޫސުފް ވަސީމް އަހުމަދު

އާސިލް އިބްރާހިމް ރަޝީދު

އައިޝަތު ސާރާ

އަހުމަދު ޚަލަފް

ރާއްޖޭގެ ފަސް ފިރިހެން ބައިވެރިންނާއި ދެ އަންހެން ބައިވެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން 19 ގައުމަކުން ވާދަކުރާނެއެވެ.

މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތަކީ އިންޑަނޭޝިއަން ޗެސް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ބާއްވާ މުބާރާތެކެވެ.

ރާއްޖޭގެ ޓީމުން ވަނީ ވަރަށް ކުރީއްސުރެ ފަށައިގެން ޕްރެކްޓިސް ކޮށް މި މުބާރާތަށް ތައްޔާރު ވެފައެވެ. މި މުބާރާތް ކުރިއަށް ދާނީ އިންޑަނޭޝިއާގެ ބާލީގައެވެ. މި މުބާރާތަކީ ކޮންމެ އަހަރަކު ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މުބާރާތެކެވެ.