އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އެފްސީ ބޭރުމަތި ބަލިކޮށް ފޭދޫ ސްޕޯޓްސް އިން ކާމިޔާބުކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި މުބާރާތުގެ ފައިނަލް މެޗުގައި ފޭދޫ ސްޕޯޓްސް އިން ބޭރުމަތި ބަލިކުރީ 0-5ގެ ނަތީޖާއިންނެވެ. މިއީ ފޭދޫ ސްޕޯޓްސް އިން މި މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުކައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ފޭދޫ ސްޕޯޓްސް އިން ވަނީ ތިން ގޯލު ޖަހާފައެވެ. ތިން ގޯލުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ޟިރުއާމް އެވެ. އަނެއް ގޯލް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ދެ ވަނަ ހާފުގައި ލީޑަކާއެކު ފޭދޫ ސްޕޯޓްސް އޮތްއިރު އޭގެ ފައިދާ ނަގާ އެޓީމުން ކުޅެން ފެށީ ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި ފޭދޫ ޓީމުގެ ހަތަރުވަނަ ގޯލް އިއްބެ ކާމިޔާބުކޮށްދިން އިރު މެޗުގެ 65 ވަނަ މިނެޓްގައި ޟިރުއާމް ވަނީ ފޭދޫ ޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 25،000 ރުފިޔާފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފޭދޫ ސްޕޯޓްސް އަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން އައްޑޫގެ މޭޔަރު އަލީ ނިޒާރު އެވެ.

މި މުބާރާތުގައި ޖުމުލަ ހަތް ޓީމު ވާދަކޮށްފައިވެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ފޭދޫ ސްޕޯޓްސް ކުލަބާއި އާއި ކުލަބް ލޮތާރި އާއި ފޭދޫ ބޭރު މައްޗާއި މަރަދޫ އެފްސީ އާއި މެދުވަލު އެފްސީ އާއި ފާހި އެފްސީގެ އިތުރުން މަރަދޫފޭދޫ އެފްސީ އަފިރިން އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހެއް

    މި މުބާރާތުގަ އިނާނު ދިން އިރުގަ ކުޅުނު ޓީމު ތަކަށް ވުރެ އެހެން ކަން ކަމަށް އިސް ކަން ދީފަ ބޮޑަށް ހުރީ.ރަސްމިއްޔާތު އަޅުގަނޑު ހުރެ ހުރެ ނުނިމިގެން އަޅުގަނޑު ދިޔައީ ގެއަށް. ދެން ކީއްކުރާނީ ދޯ.