ޕޮލެންޑުން އަށް ފީފާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާއިރު، އެޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަކުން ފެނުނީ 1938 ވަނަ އަހަރުގައެވެ. އެ ފަހަރު އެ ޓީމު ކެޓީ ބްރެޒިލް އަތުންނެވެ. މި ފަހަރުގެ ވޯލްޑްކަޕަށް ޕޮލެންޑް ކޮލިފައިވީ ކުޅުނު 10 މެޗުން 20 ޕޮއިންޓު ހޯދައިގެން ކޮލިފައިން ގުރޫޕު ސްޓޭޖުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ބައްރު: ޔޫރަޕް

ފީފާ ރޭންކިން: 26

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 8
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1938
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ ( 1974 ، 1982 ) ގަދަ 16 ވަނަ ބުރު ( 1938، 1986 )

ކޯޗް: ޗެސްލާވް މިޗްނިއެވިޗް

ޕޮލެންޑުގެ ކޯޗަކީ ބެލަރޫސްއަށް އުފަން، ޕޮލެންޑުގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޗެސްލާވް މިޗްނިއެވިޗްއެވެ. މިއަހަރު ޖަނަވަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ޗެސްލާވް ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް އަދި ކުޅެފައިވަނީ އެންމެ އަށް މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު ދެމެޗުން ވީ އެއްވަރެވެ. ޕޮލެންޑާއެކު ޗެސްލާވް ނިކުންނަނީ ސީނިއާ ގައުމީ ޓީމަކާއެކު ކޯޗެއްގެ ހައިސިއްޔަތުން އޭނާ ނިކުންނަ ފުރަތަމަ މުބާރާތަށެވެ.

މުހިއްމު ކުޅުންތެރިން:

ރޮބާޓް ލެވަންޑޮސްކީ

ޕޮލެންޑުގެ ކެޕްޓަނަކީ ލަލީގާގެ މަޝްހޫރު ކުލަބު ބާސަލޯނާއަށް ކުޅޭ ރޮބާޓު ލެވަންޑޮސްކީއެވެ. އުމުރުން 34 އަހަރުގެ ރޮބާޓް ލެވަންޑޮސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބިފައިވެއެވެ. ލެވަންޑޮސްކީ ވަނީ ގައުމީ ޖާޒީގައި މިހާތަނަށް 134 މެޗު ކުޅެ، 76 ގޯލް ޖަހާފައިއެވެ. ލެވަންޑޮސްކީ ވަނީ ޕޮލެންޑާއެކު 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރު ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ. ޕޮޒިޝަނިން، ޓެކްނިކް އަދި ފިނިޝިންއަށް މަޝްހޫރު ލެވަންޑޯސްކީ އަކީ އެންމެ މޮޅު އެއް ފޯވާޑްގެ އިތުރުން ބުންޑަސްލީގާގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި އެންމެ ގިނަ ގޯލު ޖަހައި ޔޫރަޕްގެ ރަން ބޫޓު ކާމިޔާބުކޮށްފައެވެ.

ސެބަސްޓިއަން ޒިއެލިންސްކީ

ޕޮލެންޑު ގައުމީ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކަށްވާނީ ސެބަސްޓިއަން ޒިއެލިންސްކީއެވެ. އޭނާއަކީ އިޓާލިއަން ސެރިއޭގެ ނަޕޯލީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ޒިއެލިންސްކީ ފުޓުބޯޅަ ކެރިއަރު ފެށީ 2012 ވަނަ އަހަރު އިޓާލިއަން ސެރިއޭގެ އުޑިނީސްއިންނެވެ. އޭނާ ނަޕޯލީއަށް ބަދަލުވީ 2016 ވަނަ އަހަރުގައެވެ. ޒިއެލިންސްކީ ވަނީ ޕޮލެންޑު ގައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން 74 މެޗު ކުޅެދީ ނުވަ ގޯލު ޖަހައިފައެވެ.

މިއަހަރުގެ ވޯލްޑް ކަޕްގެ ޕޮލެންޑް ޓީމުގެ ސްކޮޑް