އޮލިމްޕިކްސް ކޮލިފައިންގައި ބަންގްލަދޭޝް، މިޔަންމާ އަދި އިރާނާ އެއް ގްރޫޕެއްގައި ރާއްޖޭގެ ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ހިމެނިއްޖެއެވެ.

މިއީ އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ އިވެންޓަށް ކޮލިފައި ވުމަށް ކުޅޭ އޭޝިއާގެ ކޮލިފައިންއެވެ. ކޮލިފައިންގެ މެޗުތައް ކުޅޭނީ މި އަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ. ނަމަވެސް ރާއްޖެ ހިމެނުނު ގްރޫޕް ބީގެ މެޗުތައް ކުޅޭނެ ވަކި ސަރަހައްދެއް އަދި ނިންމާފައެއް ނުވެ އެވެ.

ކޮލިފައިންގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ނިކުންނަން ޖެހޭނީ މިޔަންމާއާ ދެކޮޅަށެވެ. އެއަށްފަހު ދެ ވަނަ މެޗު އިރާނާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ބަންގްލަދޭޝް އަކީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ސާފް އަންހެން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޤައުމެވެ. ހަތް ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކޮލިފައިން އަށްފަހު ދެ ވަނަ ބުރުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ ވެސް އެއް ވަނަ ޓީމަށެވެ. އެއަށްފަހު ދެ ވަނަ ބުރު ކުރިއަށް ދާނީ ޖުމުލަ 12 ޓީމާއެކު އެވެ. އެއީ ހަތް ޓީމުގެ އިތުރުން، ފީފާ އަންހެން ފުޓުބޯޅައިގެ ރޭންކިންގައި އެންމެ މަތިން ރޭންކު ކުރެވިފައިވާ އޭޝިއާގެ ފަސް ޤައުމާއެކު އެވެ.

މި ފަސް ޤައުމަށް ވަނީ އޮޓޮމެޓިކުން ދެ ވަނަ ބުރުން ޖާގަ ލިބިފަ އެވެ. ދެ ވަނަ ބުރުގައި ކޮންމެ ގްރޫޕަކުން އެއް ވަނަ ހޯދާ ޓީމުގެ އިތުރުން، ތިން ގްރޫޕްގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ވަނަ ޓީމު ދާނީ ތިން ވަނަ ބުރަށެވެ. ތިން ވަނަ ބުރު ކުރިއަށް ދާނީ ހަތަރު ޓީމާއެކު އެވެ. އެ ހަތަރު ޓީމާއެކު ހޯމް އަދި އަވޭ އުސޫލުން މެޗުތައް ކުޅުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަށް އޮލިމްޕިކްސް އިން ޖާގަ ލިބޭނެ އެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރީ ސާފް ވިމަންސް ޗެމްޕިއަންޝިޕްގައެވެ. މިދިޔަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑެނީ

    ލަނޑު ގޯންޏެއް ހިފައިގެން އަންނާތި

  2. ފަގުޑި

    ސުބްހާނަﷲ. މިފަހަރު އިރާނުން ރާއްޖެކޮޅައް 30 ލަނޑު ނުޖެހިއްޔާ ރަގަޅު. ކިހިނެއް ތިކުދިން މީގެ 100 އަހަރު ފަހުންވެސް ޝީއީން ބަލިކުރާނީ.....

    • ހުސޭނުބޭ

      ކެކެކެކެ .......... އަދި އެބުނާ ޓީމުގައި އަންހެނުންނޭ ކިޔައިގެން ގިނައިން ތިބޭނީ ފިރިހެނުން

      3
      1
  3. ސާބަސް

    ބުރުގާ ނާޅާ ތިބޭކުދިންވެސް ދިގު ޓައިޓްލައްވާފަ އަރުވަމާ، ފިރިހެނުންނެކޭ އެއްގޮތަށް ކުރުސޯޓު އެ އޯކޭ އެއްނޫން އިނގޭ ވަރަށް ވާހަކަ.