އިނގިރޭސި ޕްރިމިޔަރ ލީގުގެ ޓޮޓެންހަމް ހޮޓްސްޕަރގެ މެނޭޖަރ ކަމުގެ މަގާމުން އެންޓޯނިޔޯ ކޮންޓޭ ވަކިވެއްޖެއެވެ.

2021 ވަނަ އަހަރުގެ ނޮވެމްބަރ މަހު ޓޮޓެންހަމް އާއި ހަވާލުވި ކޮންޓޭގެ ފަރާތުން އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މި ސީޒަނުގައި އެޓީމުން ކުޅުނު 28 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ 15 މެޗުންނެވެ. ނުވަ މެޗުން ބަލިވިއިރު، ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ޕްރިމިޔަރ ލީގުގައި ޓޮޓެންހަމްއިން ސައުތުހެމްޓަންއާއި ބައްދަލުކުރި މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޮންޓޭވަނީ އެޓީމުގެ ބައެއް ކުޅުންތެރިންނަކީ 'އަމިއްލައެދުން' ބޮޑު ކުޅުންތެރިންކަމުގައި ބުނެފައެވެ. އަދި ޓީމަށް ރައްދުވާ ގޮތައް އޭނާ ވަނީ ފާޑު ކިޔާފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އޯނަރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާކަމުގައި މީޑިއާ ރިޕޯޓުތަށް ބުނެއެވެ.

ޓޮޓެންހަމުގައި ރަނގަޅު ނަތީޖާއެއް ނުހޯދުނު ނަމަވެސް ކޮންޓޭ ވަނީ ކުރިން ކޯޗުކަން ކޮއްދިން ޓީމުތަކަށް ރަނގަޅު ނަތީޖާތަކެއް ހޯދަދީފައެވެ. އެގޮތުން ބައެއް ލީގު ތަށިވެސް އޭނާ ވަނީ ޓީމުތަކަށް ކާމިޔާބުކޮށްދީފައިވެއެވެ.

މިހާރުގެ ވިސްނުންހުރީ ލީގުގައި ކުރިއަށް އޮތް 10 މެޗު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގައި ކުޅުމަށް ފުރުސަތު ހޯދުން ކަމުގައި އެޓީމުގެ އޯނަރު ވަނީ ބުނެފައެވެ.

މިހާރު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވާނީ މިހާރު ކޮންޓޭގެ އެސިސްޓެންޓުގެ ގޮތުގައި ހުރި ކުރިސްޓަން ސްޓެލިނީއެވެ. ކޮންޓޭ ވަކިވުމާ އެކު އެޓީމަށް ވޭތުވެދިޔަ ހަތަރު އަހަރު ހަތަރު ކޯޗުން ބަދަލުވި ހަމައެކަނި ކުލަބައް ޓޮޓެންހަމް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެނުން

    ކޯޗުން ބަދަލު ކުރުމުގެ ސަގާފަތް އޮތުމަކީ ޓީމް ވަރުގަދަވެ މޮޅުވާނެ ކަމެއްނޫން. ޓީމް މޮޅުވެ ވަރުގަދަވާނީ ރަނގަޅު ކޯޗުންނަށް ފުރިހަމަ އިޚުތިޔާރާއި ބާރާއެކު އެކަށީގެންވާ މުއްދަތެއް ދީގެން ކަމަށްފެނޭ.

  2. ހުސޭނުބޭ

    ކޮންޓޭއަށް ޓޮޓެންހަމް ގެންގުޅެން ހަމަ ނޭގެނީ. އެހެންނޭ ވާނީ. އަވަސްއަރުވާލާފައި ޕޮޗިޓީނިއޯ ބޭރުކޮށްލީ. މިހާރު ކޮންމެ މީހަކު ލިޔަސް ދަނީ ސު،މަކުން.

    3
    1