އިނގިރޭސި ޕްރިމިޔަރ ލީގުގައި މިރޭ ޗެލްސީއާއި ބްރިއިޓަން ބައްދަލުކުރި މަޗުން ޗެލްސީ ބަލިވެއްޖެއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ބްރިއިޓަންއިން ކާމިޔާބު ކުރީ 1-2ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑުނަގާފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ގަލަގަރއެވެ. މި ލަނޑަށް ފަހު ޗެލްސީއިން އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޗެލްސީ ލީޑު ނަގާފައި އޮތް ނަމަވެސް ބްރިއިޓަންއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ގޯލަށް އަމާޒުކޮށް ފަސް ހަމަލާ ފޮނުވާލިއިރު، ޗެލްސީއަށް ފިނުވާލެވުނީ އެންމެ ހަމަލާއެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.

ބްރިއިޓަންގެ ފުރަތަމަ ލަނޑު މެޗުގެ 42ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުރިން މެންޗެސްޓަރ ޔުނައިޓެޑަށްވެސް ކުޅުނު ވެލްބެކްއެވެ. ވެލްބެކް ކުޅެން ނިކުމެފައިވެސް ވަނީ މެޗުގެ 39ވަނަ މިނެޓުގައިއެވެ. މި ނަތީޖާގައި ފުރަތަމަ ހާފު ނިމުން އިރު ބްރިއިޓަން އިން ވަނީ ދެވަނަ ހާފުގައިވެސް ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ހާފުގައި ޗެލްސީގެ ގޯލަށް އަމާޒުކޮށް ހަ ހަމަލާ ފޮނުވާލި އިރު ޗެލްސީއަށް ފިނުވާލެވުނީ ދެ ހަމަލާއެވެ.

ފުރަތަމަ ހާފުގެ 28ވަނަ މިނެޓުގައި ބްރިއިޓަންގެ ޖޮއެލް ވެލްޓްމެންގެ ބަދަލުގައި ޖޫލިއޯ އެންސިސޯވަނީ ކުޅުމާއި ގުޅިފައެވެ. ބްރިޓަންގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެންސިސޯއެވެ. މެޗުގެ 69ވަނަ މިނެޓުގައި ޕެނަލްޓީއެރިއާގެ ކުޑަ ތަންކޮޅެއް ބޭރުން ސީދާ ގޯލަށް ފޮނުވައިގެން ކާމިޔާބުކޮށްދިން ގޯލަކީ އޭނާ ޕްރިމިޔަރ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި ނަތީޖާއާއކުވެސް ތާވަލަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ކުޅުނު 31މެޗުން ލިބުނު 39 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލުގެ 11ވަނަގައެވެ. 29 މެޗު ކުޅެގެން ލިބުނު 49 ޕޮއިންޓާއެކު ބްރިއިޓަން އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.

ޕްރިމިޔަރ ލީގުގައި މިރޭ ދެން ކުޅުނު މެޗު ތަކަށް ބަލާލާއިރު އެސްޓަން ވިލާ އަތުން ނިއުކާސަލް 0-3ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. މީގެ އިތުރުން ފުލަހަމް އަތުން އެވަރޓަން ބަލިވިއިރު ބޯންމައުތް އަތުން ޓޮޓެންހަމްވެސް ވަނީ ބަލިވެފައެވެ. އަދި ކްރިސްޓަލް ޕެލަސް ކައިރިން ސައުތްއެމްޓަން މޮޅުވިއުރު ބެންފޯޑް ކައިރިން ވޮލްފްސް ވަނީ މޮޅުވެފައެވެ.