ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

އިންލައިން ސްކޭޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ބޭއްވޭ ފުރަތަނަ ސްކޭޓިން ޗެމްޕިއަންޝިޕް ބާއްވަނީ އޮގަސްޓު މަހުގެ 10 ދުވަހުން ފެށިގެން 12 އަށް ކަމަށެވެ.

އެ މުބާރާތުގައި، ސްޕީޑް ސްކޭޓިން އާއި އެގްރެސިވް ފްރީސްޓައިލް ސްކޭޓިން އަދި ސްލެލަމް ފްރީސްޓައިލް
ސްކޭޓިން ގެ ޑިސިޕްލިންތަކުން އެކި އުމުރުފުރާތަކުން ދެ ޖިންސް ވަކިން ވާދަކުރާގޮތަށް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ބައިވެރިވުމުގެ ފުރުސަތު މުޅިރާއްޖެއަށް ހުޅުވާލައިގެން ކަމަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ހުޅުވާލާގޮތަށް ވަނީ ހަމަޖެހިފައެވެ.

އަދި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް، އިންލައިން ސްކޭޓިން އެސޯސިއޭޝަންއިން ހިންގާ "ސްކޭޓާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތުލިބިގެންދާނެއެވެ.

އެގޮތުން، ޕްރޮގްރާމަށް ހޮވާލެވޭ ކުޅުންތެރިންނަށް ކަމުގެ ތަޖުރިމާކާރުންގެ ލަފައާއެކު ފަރުމާކޮށްފައިވާ ޕްރޮގްރާމެއްގެ ދަށުން ތަމްރީންތައް ދިނުމުގެ އިތުރުން އެހެނިހެން ގައުމުތަކުން ތަމްރީން ވުމުގެ ފުރުސަތުތައް ހޯދައި ދިނުމަށް ހަމަޖެހިފައިވެއެވެ.

އެ ޕްރޮގްރާމްގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ސްކޭޓިންގ މުބާރާތްތަކުގައި ރާއްޖެ ތަމްސީލް ކުރާނެ ކުޅުންތެރިން އުފެއްދުން ކަމަށް އެސޯސިއޭޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު