މެންޗެސްޓަރ ޔުނައިޓެޑްގެ މިލްކުވެރިކަމާމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މާޔޫސްކަން އިތުރުވަމުންދާއިރު، އެ ކުލަބުގެ ސަޕޯޓަރުން އަންގާރަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑްގެ ރަސްމީ ދަނޑު ކަމުގައިވާ އޯލްޑް ޓްރެފޯޑް ބޭރުގައި އިހުތިޖާޖު ކޮށްފިއެވެ.

ޔުނައިޓެޑް ސަޕޯޓަރުން މުޒާހަރާ ކޮށްފައިވަނީ 2023-24 ވަނަ އަހަރުގެ ސީޒަނަށް އެޑިޑާސްގެ އައު ހޯމް ކިޓް ތައާރަފްކުރުން ކުރިޔަށްދިޔަ ވަގުތު, ޔުނައިޓެޑްގެ ސްޓޭޑިއަމް މެގަސްޓޯރު ކައިރީގައެވެ. މި އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ގްލޭޒާ އާއިލާގެ މިލްކުވެރިކަމާއި ދެކޮޅަށެވެ.

ގަތަރުގެ ވިޔަފާރިވެރިޔާ ޝައިޚް ޖާސިމާއި އިނގިރޭސި ބިލިއަނަރު ސަރ ޖިމް ރެޓްކްލިފް އަދިވެސް އިންތިޒާރު ކުރަމުން ދަނީ ބިޑް ކުރުމުގެ އެންމެ ފަހު ބުރު ރަސްމީކޮށް އޭޕްރީލް މަހު ނިމުނު ނަމަވެސް ކްލަބް ގަތުމަށް ހުށަހެޅި ހުށަހެޅުންތައް ކާމިޔާބުވޭތޯއެވެ.

2005 ވަނަ އަހަރު ލީވަރޭޖްޑް ބައި-އައުޓަކާ ހަވާލުވި ފަހުން ގްލޭޒާސްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ނެތް ބައެކެވެ. އަދި ކުލަބުގެ އެންމެ މަތީ ފަންތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކޯޗު އެރިކް ޓެން ހާގްއަށް މުހިންމު, ހޫނު މޫސުމުގެ ޓްރާންސްފާއަށް އަސަރުކުރާނެ ކަމުގެ ބިރު އޮތުމުން ސަޕޯޓަރުންގެ މެދުގައި ރުޅިވެރިކަން ވަނީ އިތުރުވެފައެވެ. މީގެ ކުރިންވެސް ޔުނައިޓެޑުގެ ސަޕޯޓަރުން ވަނީ ގްލޭޒާސްއާއި ދެކޮޅަށް އިހުތިޖާޖު ކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހު ޔުނައިޓެޑް ވިއްކާލުމާ ބެހޭ ގޮތުން ގްލޭޒާސް އިން ބަޔާނެއް ނެރުނުފަހުން، އެކަމާ ގުޅުންހުރި އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް ކުލަބުގެ އަހަރީ އާންމު ޖަލްސާ އަންނަ ބުދަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު