މެންބަރު ކުލަބުތަކުން ވަކިވާން ނުބުނާނަމަ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރާއްޖޭގައި ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ފައިސާގެ ގިނަ މައްސަލަ ތަކެއް ފެންމަތި ވެފައި ވަނިކޮށް މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، މި މަގާމަށް އާދެވުނީ އެސޯސިއޭޝަންގެ މެންބަރު ކުލަބުތަކުން ވޯޓު ދީގެން ކަމަށާއި އެހެން ކަމުން އެކުލަބު ތަކުން ވަކި ވާން ނުބުނާ ނަމަ މަގާމުގައި ހުންނާނެ ކަމަށެވެ.

އެފްއޭއެމް ގެ ރައީސް ނޫސްވެރިންނާއި ބައްދަލު ކުރެއްވުން، ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"މާދަމާވެސް މެންބަރު ހުރިހާ ކުލަބު ތަކުން އައިސް އަޅުގަނޑު ކައިރީގައި ތި ގޮނޑިން ދުރަށް ދާށޭ ބުނީމަ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް، އެއްކައިރިއަށް ޖެހެން އަޅުގަނޑު ތައްޔާރު، އެހެން ނަމަވެސް މެންބަރު ކުލަބުތަކުން އެކަމަށް ނޭދޭހާ ހިނދެއްގައި އަޅުގަނޑު ހުންނާނީ މި މަގާމުގައި އެމެންބަރު ކުލަބް ތަކަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް.".

2016 ވަނަ އަހަރު ފެށުނު ފުރަތަމަ ދައުރު ވަރަށް ކާމިޔާބު ކަމަށާއި އެހެން ނަމަވެސް ދެވަނަ ދައުރުގައި މާލީ މައްސަލަތަކާއި ކުރިމަތިލާން ޖެހުނު ކަމަށް ބައްސާމް ވިދާޅުވިއެވެ. ކޮވިޑް ގެ ސަބަބުން ދިމާވި މާލީ މައްސަލަތަށް ހައްލު ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުލަބު ތަކާއި އެފްއޭއެމްގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް ވަރަށް އަވަހަށް ދީ ހަލާސް ކުރާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގައި އަންދާޒާ ކުރި ވަރަށް ވުރެ ހަރަދު އިތުރުވި ކަމަށާއި އޭގެ ސަބަބުންވެސް ވަރަށް ބޮޑު މާލީ ގެއްލުމެށް ލިބިގެން ދިޔަ ކަމުގައި ބައްސާމް ވިދާޅުވިއެވެ. މުބާރާތަށް ފަހު 30 މިލިއަށް ރުފިޔާގެ ދަރަނި އޮތް ނަމަވެސް މިހާރު ބާކީ އޮތީ ހަ މިލިއަން ރުފިޔާގެ ދަރަނި ކަމަށާއި ކުރިއަށް އޮތް ދެތިން މަސް ތެރޭގައި އެބައި ދައްކާ ހަލާސް ކުރާނެ ކަމުގައިވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަންސާމު

    ގޮމަޔާ ދެލޯފުޅާ ކަލޭ ތިޔަތާހުރޭ ދުނިޔެ ގިޔާމަތަށް ޖެހެންދެން. މަގެޔެއް ނުބުނާނަން ކަލޭ ތިޔަތަނުން ފައިބަހަރެކޭ. ކަލޭ ނޫސްވެރިންގެ ބައްދަލުވުން ބާއްވާތީ މަށަށް ދެރައީ. އެއްވެސް އެއްޗެއް ނުބުނެ ފިލާ ހަރުގަ އޮވެބަލަ.

  2. ޢަލިބެ

    ޚުލަބުތައް ކަސްދޮޅު އަޅުޥާފަ އޮތީ ތިބޭފުޅާގެ ޑިކްޓޭޓާރޝީޕްގެ ތެރެއިން. ޢުއްޗު ދިން ލާރިގަނދު ހިތު ހުރު ގޮތަކަށް ބޭނުންކުރަން ލަދު ކޮބާ؟ މިައަށް ކިޔަނީ ހިޔާނާތް؟ ޢިސްތިއުފާ

  3. މީ

    ޚުލަބުތައް ވަނީ ގަނެފަ

  4. ސަރަގު

    ކަލެއަށް ނުވީކަމަށް އަދިވެސް ޤަބޫލުނުކުރެވެނީތަ؟ ކަލޭގެ ނާޤާބިލުކަން މުޅިދުނިޔެއަށްވެސް ފެނިއްޖެ. ރައްކާވެބަލަ.

  5. މާނިއުމާނި

    ދެންވެސް އެއްޗެއް ކާލެވޭނީ ހުރެގެންތާދޯ އަޅެ ގިޔާމަތްދުވަހެއް އޮތަކަން ބައްސާމު މެންނަށް ނޭގެނީތަހަމަ

  6. ައަދީލް ޖަލީލް

    ކުލަބް ތަކޭ ނުކިޔާ މަގޭ ދަރިޔާ! މިހާރަކު ކުލަބު ކިޔާކަހަލަ ބަޔަކު ތިޔަތާކުނެތް! މުޅިންވެސް ތިބީ ދޮންބޭބެ އުފައްދާ ގަޓު ވައިސްކޮށް ހިންގާ ކަންމަތީ ޑުރަގްފޯސްގެ މަނީލޯންޑަރިން އޭޖެންސީތަށް!