ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ.

އާސެނަލް އިން ވަނީ ޕްރިމިއާ ލީގު 13 ފަހަރު ކާމިޔާބުކޮށް، 10 ފަހަރު ރަނަރަޕް ކަން ހޯދައިފައެވެ. އަދި އެފްއޭ ކަޕް 14 ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް 17 ފަހަރަށް ކާމިޔާބުކޮށްފައިވެއެވެ. މެންޗެސްޓާ ސިޓީ ވަނީ މިދިޔަ އަހަރު ޓްރެބަލް ފުރިހަމަކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި ޕްރިމިއާ ލީގު ކާމިޔާބު ކުރިއެވެ.

ސިޓީން މިހާތަނަށް އައިއިރު ނުވަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު، ސިޓީން ވަނީ އެފްއޭ ކަޕްގެ ތާރީހުގައި ހަތް ފަހަރު އެ މުބާރާތް ކާމިޔާބުކޮށްފައެވެ. މި މެޗާ ކުރިމަތިލާ އިރު، މެންޗެސްޓާ ސިޓީ އޮތީ 18 ޕޮއިންޓާ އެކުގައި ތާވަލްގެ ދެވަނައިގައެވެ. އާސެނަލް އޮތީ 17 ޕޮއިންޓާއެކުގައި ތާވަލްގެ ތިން ވަނައިގައެވެ. އެއް ވަނައިގައި އޮތީ 20 ޕޮއިންޓާއެކުގައި ޓޮޓެންހަމްއެވެ. މިރޭގެ މެޗުން މޮޅުވެގެން ކޮންމެ ޓީމަކަށް ވެސް އެއްވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިރޭ ކުޅޭ އެހެން މެޗުތަކަށް ބަލާއިރު، ބްރައިޓަން އަދި ލިވަޕޫލްގެ މެޗަކީ ދެ ޓީމަށް ވެސް މި ސީޒަނުގެ ފޯމް ހިފެހެއްޓުމަށް ވަރަށް މުހިންމު މެޗެކެވެ. ލިވަޕޫލް ވަނީ ޕްރެމިއާ ލީގް ތާރީހުގައި 19 ފަހަރު މުބާރާތް ކާމިޔާބު ކޮއްފައެވެ. ބްރައިޓަންގެ ތާރީހަށް ބަލާލާއިރު ބްރައިޓަނަށް ޕްރިމިއާ ލީގް ކާމިޔާބުވެފައި ނުވިނަމަވެސް ކޮމިއުނިޓީ ޝީލްޑް އެއްފަހަރު ކާމިޔާބު ކޮށްފައިވެއެވެ.

ވެސްޓް ހޭމް އަދި ނިއުކާސަލް ޔުނައިޓަޑް ތާވަލުގައި ވަރަށް ވާދަވެރިކޮށް ވާދަކުރާއިރު މި ދެ ޓީމަކީވެސް މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ދެ ޓީމެވެ. ވެސްޓް ހޭމުން ޕްރެމިއާ ލީގް ޓައިޓަލް ކާމިޔާބު ވެފަނުވިނަމަވެސް އެފް އޭ ކަޕް 3 ފަހަރަށް ވަނީ ކާމިޔާބު ކޮއްފައެވެ. ނިއުކާސަލް ޔުނައިޓަޑުން ވަނީ 4 ފަހަރަށް ޕްރެމިއާ ލީގް ކާމިޔާބު ކޮށްފައެވެ.

ވުލްވްސް އަދި އެސްޓޮން ވިލާގެ މެޗަކީ ވުލްވްސްއިން މި ސީޒަނުގެ ފޯމް އަނބުރާ ގެނައުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. ވުލްވްސްއިން ވަނީ ތިން ފަހަރަށް ޕްރިމިއާ ލީގް ކާމިޔާބު ކޮށްފައެވެ. އެސްޓަން ވިލާ ވަނީ ހަތް ފަހަރަށް ޕްރިމިއާ ލީގް ކާމިޔާބުކޮށް ނުވަ ފަހަރު ރަނަރަޕްކަން ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު