ފީފާ ވޯލްޑް ކަޕް 2026ގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ބަންގްލަދޭޝް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ރާއްޖެއިން އުފެއްދި ފުރަތަމަ ހަމަލާ ގޯލާ އަމާޒުކޮއް ފޮނުވާލައިފާ ވަނީ ދިވެހި ރާއްޖޭގެ ޖޭސީ ނަންބަރު 7 އަލީ ފާސިރް ( ސެންޓޭ)އެވެ. މި ހަމަލާ ގޯލާ އަމާޒުވިނަމަވެސް މި ހަމަލާ ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ކުޅުމުން ބޯޅަ ބޭރުވެފައެވެ. މި ހަމަލާއާއެކު ބަންގްލަދޭޝުން ފަހަތައް ފައިބައިގެން އެ ޓީމުގެ ޑިފެންސް ވަރުގަދަ ކޮއްފައިވެއެވެ. ގިނަ ހަމަލާތަކެއް ދެ ޓީމުންވެސް ފޮނުވައިފައިވި ނަމަވެސް ފުރަތަމަ ހާފް ނިމިފައިވަނީ 0-0ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެނެވެ.

ދެވަނަ ހާފްގެ 74 ވަނަ މިނެޓުގައި ބަންގްލަދޭޝުން ވަނީ ނުރައްކާތެރި ހަމަލާއެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ ނަމަވެސް ދިވެހި ރާއްޖޭގެ ކީޕަރް ވަނީ ވަރަށް ހުޝިޔާރުކަމާއެކު އެ ހަމަލާ ދިފާއު ކޮއްފައެވެ. ރާއްޖެއަށް ޖެހިޖެހިގެން ވަރަށް ރަނގަޅު ފުރުސަތުތަކެއް މެޗްގެ 77 ވަނަ މިނެޓުގައި ލިބިފައިވެއެވެ. ނަމަވެސް ދެ ހަމަލާވެސް ބަންގްލަދޭޝްގެ ކީޕަރް ވަނީ ދިފާއުކޮއް ކޯނަރަކަށް ފޮނުވާލައިފައެވެ. މި ހަމަލާއާއެކު ރާއްޖޭގެ ކުޅުންތެރިންގެ ކުޅުން އިތުރަށް ރަނގަޅުކޮށް ޓީމްގެ ކުޅުންތެރިންނަށް އިތުރު ބަދަލުތަކެއް ގެންސްފައިވެއެވެ.

މެޗުގައި ރާއްޖޭން ލީޑުނެގީ 86 ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) ފޮނުވާލި ހަމަލާއިންނެވެ. މިއީ އޭރިއާތެރެއިން ބަންގްލަދޭޝް ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ކުޑައޭރިއާ ރޮނގުމަތިން ލިބުމާ އެކު، ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިގެން ޗޯޓު ޖެހި ގޯލެކެވެ.

ރާއްޖެ ޓީމަށް ލީޑު ހިފަހައްޓާލެވުނީ އެންމެ 10 މިނެޓަށެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި އަރިމަތިން ބަންގްލަދޭޝްގެ ރަކީބް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅައަށް ހުސްކޮށް އަރައި، ސާދް އުއްދީން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ނަތީޖާއާ އެކު، ފަސް ދުވަސް ތެރޭ، މި މަހު 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ސިލްހެޓްގެ ބަޝުންދަރާ އެރީނާގައި ކުޅޭ ދެ ވަނަ ލެގުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ލަނޑެއް ނުޖެހި އެ މެޗު އެއްވަރުވެއްޖެނަމަ ރާއްޖެ ކަޓާނެ އެވެ. އިތުރު ވަގުތު ކުޅެން ޖެހޭނެ ހަމައެކަނި ނަތީޖާ އަކީ 1-1 އިން އެ މެޗު އެއްވަރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުޙައްމަދު

    އުންމީދެއްނެތް ކުޅުމެއް ކުޅުނީ

    23
    3
  2. ޑޖދިެނ

    ދިވެހިންނަށް ލިބުނު އެއްމެ ރަނގަޅު ފުރުސަތު (ދަނގަނޑޭ) ޕޯޗްފަލް ބެންފީކާ އަށް ކުޅެން ލިބުނު ފުރުސަތު. ޢެވެސް ގެއްލުނީ.

    އަނެއް ފުރުސަތަކީ އުމަރު ނަސީރު ރައީސްކަމަށް ގެންނަން ލިބުނު ފުރުސަތު. އެކަންވެސް ނިމުނީ.

    15
    4
    • ސުކުން

      ދަނގަޑޭއަށް ފުރުސަތު ލިބި ބޭނުން ނުކުރީވެސް އޭނަ. އެއީ އެންމެހާ ދިވެހިންނަށް ލިބުނު ފުރުސަތެއްނޫން. ޢެންމެހާ ދިވެހިންނާ ބެހޭވެސް ކަމެއްނޫން. ދެން އުމަރު ކަހަލަ ރިޔާސީ އިންތިހާބު ކައިރިވީމަ ހަރުން ނިކުމެ ހަޅޭއްލަވާ މީހަކު ބަލައިގަންނަން ގިނަބަޔަކަށް އުނދަގޫވާނެ.

      3
      2
      • އިބިފިލި

        ސުކުންގެ ދަނގަޑޭގެ ވާހަކައަށް އެއްބަސް . އެކަމު އުމަރުގެ ވާހަކައަށް އެއްބަސް ވެވޭކަށްނެތް. އުމަރު ދައްކަނީ އަސްލު ހަޤީޤީ ޙައްލު. އެއީ އިސްލާމީ ޝަރީޢަތް އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގުން. އެކަން އަހަރެމެންގެ ގިނަމީހުންނަށް ބަލައިނުގަނެވެނީ ދުނިޔޭހެދި އުޅެވޭތީ