ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ އަލީ އަޝްފާގު (ދަގަނޑޭ) ރާއްޖޭގެ ފުޓްބޯޅަ އިދާރާ އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް މީސް މީޑިއާގައި ކެމްޕޭނެއް ފަށައިފިއެވެ.

ނަމަވެސް އެފްއޭއެމްގެ ރައީސް ކަމަށް އައުމުގެ ޝައުގުވެރިކަން ދަގަނޑޭގެ ހުރިކަމެއް އޭނާ އަދި ކަށަވަރުކޮށެއް ނުދެއެވެ. އެފްއޭއެމްގެ ރައީސް ކަމަށް އައުމާއި ގުޅޭ ގޮތުން ދަގަނޑޭގެ ބަހެއް ހޯދަން އޭނާ އަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

"ދަގަނޑޭ ފޯ އެފްއޭއެމް" ގެ ނަމުގައި ހަދާފައިވާ ފޭސްބުކް ޕޭޖަކުން މިއަދު ވަނީ ކެމްޕޭނެއް ވެސް ފަށާފައެވެ.

އެފްއޭއެމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުރުމަށްފަހު ދާދިފަހުން އެމަގާމުން އިސްތިއުފާ ދިން މާޒިޔާގެ ހުސެއިން ޝާފިއު (ކޮއްކީ) ވެސް މިއަދު ވަނީ ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް ކޮށްފައިވާ ޕޯސްޓެއް ފޭސްބުކްގައި ޝެއާ ކޮށްފައެވެ. މާޒިޔާ އަކީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ނުފޫޒުގަދަ ކްލަބެވެ.

ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ކެމްޕޭނެއް ފެށި ނަމަވެސް އޭނާ އަކީ އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ދަގަނޑޭ މިވަގުތު އަނިޔާގެ ސަބަބުން ފުޓްބޯޅަ އާއި ދުރުގައި ހުރިނަމަވެސް އޭނާ ކުޅުން ހުއްޓާލިކަން ވެސް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ފަހަކަށް އައިސް އެފްއޭއެމް އަށް ވަނީ މާލީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. ރާއްޖޭގެ ފުޓްބޯޅަ ލީގް ވެސް ގަވައިދުން ކުރިއަށް ނުގެންދެވެއެވެ. ގައުމީ ފުޓްބޯޅަ ޓީމްގެ ކަންކަން ވެސް ވަނީ ވަރަށް ބޮޑަށް ދޯދިޔާ ވެފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް ވެސް ގަވައިދުން މުސާރަ ނުދޭތާ އެތައް މަހެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހިނި

    ބައްސާމް އައުޓް ދަގަނޑޭ އިން

    33
    2
    • އަހުމަދު

      ތާއީދު

      14
  2. ޖުއްބާ

    އޭ ދަގޭ، ތިއައްވުރެ މާރީތިވާނެ މިސްކިތެއްގެ މުދިމަކައް ވިއްޔާ.

    9
    13
  3. ހެހެހ

    ދިވެހިންނަކީ ކިހިނެއް ވިސްނާބައެއް ، ކަންކަން ކުރަންވާނީ ތަޖުރިބާވެސް ހުރެގެން ، ތި ޗޮއިސް ކަމަކުނުދޭ އަދި

    7
    8
  4. ދާޢިން

    މިހާރު ހުރި އެފް.އޭ.އެމްގެ ރައީސް ބަދަލު ކޮށްފަ އެހެން މީހަކު ލާނަމަ އިދާރީ މަޢުލޫމާތު ހުރި ހިންގުންތެރި މީހަކު ލީމަ ނޫންތޯ ތިތަނަށް ކުރިއެރުމެއް ލިބޭނީ. ކިތަންމެެ މޮޅަށް ފުޓްބޯޅަ ކުޅެފައި ހުއްޓަސް؛ ތަނެއް ރަނގަޅަށް ހިންގުމަކީ މުޅިން އެހެން ކަމެއްނޫންތޯ.

    31
    5
  5. ދާޢިން

    މިހާރު ހުރި އެފް.އޭ.އެމްގެ ރައީސް ބަދަލު ކޮށްފަ އެހެން މީހަކު އެމަޤާމަށް ލާނަމަ ހިންގުމުގެ ޢިލްމާއި ތަޖުރިބާ ހުރި ހިންގުންތެރި މީހަކު ލީމަ ނޫންތޯ ތިތަނަށް ކުރިއެރުމެއް ލިބޭނީ. ކިތަންމެެ މޮޅަށް ފުޓްބޯޅަ ކުޅެފައި ހުއްޓަސް؛ ތަނެއް ރަނގަޅަށް ހިންގުމަކީ މުޅިން އެހެން ކަމެއްކަމަށް ޤަބޫލު ކުރެވޭ.

    13
    3
  6. ޢެރތތތ

    ނޮޓް އޮ ގުޑް އައިޑިޔާ!!!

    5
    2
  7. ޑފގގގގ

    މައި ރެސްޕެކްޓް ޓު ދަގޭ! މައި ޗޮއިސް އިސް މާއްޓޭ... މާތި ލެވެލްގައި ފުޓުބޯޅަ ކުޅެ ކިޔަވައިގެން ހުރި އިލްމީ ހިންގުންތެރި ޓެކްނިކަލީވެސް މޮޅު ވެލްޑިސިޕްލިންޑް ރެސްޕެކްޓިވް މީހެއް!

    8
    1
  8. ްްޤައުމުދެކެލޯބިވާ ދަރިއެއް

    މާބޮޑަށްވެސް ލަސްވެއްޖެ ތީވަރަށް ރަގަނޅުކަމެއް ސަބަބަކީ ފުޓުބޯޅަ ރަގަނޅަށް ދަންނަމީހަކުދޯ
    ތިކަހަލަ ތަންތަނަށް ކުރިމަރިލާންވާނީ ރާއްޖޭގެ ފުޓުބޯބަޅަ މުޅިންހެން ވަޅުޖަހާފި އަވަސްކުރޭ
    އަސްފާޤު މަށަށްވޯޓުލެވޭނަމަ މަގޭވޯޓްދޭނީ އަސްފާޤަށް މަރުހަބާ

  9. މައި ޗޮއިސް

    ޢަލީ ވަހީދު

  10. އަބޫ

    ފުޓުބޯޅައިން އަޝްފާޤަށް ލިބިފައިވާ ފަޚުރުވެރި ރީތި ނަން ކިލަނބުކޮށްލަށް ތިކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަން. ދިވެހި ފުޓުބޯޅަ އޮތީ ދެން އަވަހަށް އަރައިގަނެވޭވަރަށްވުރެ ބޮޑަށް ނަޖިސްވެފަ. މިވަގުތު އެތަނަށް ކޮންމެ މީހަކު ގާތްވިޔަސް އެމީހަކު އެ ނަޖިހުން ތަތްތެޅޭނެ

    3
    0