އިނގިރޭސި ޕްރެމިއާ ލީގުގައި ފުރަތަމަ ފަހަރަށް ރެފްރީކަން ކުރަން އަންހެން ރެފްރީ ރެބެކާ ވެލްޗް ތައްޔާރުވެއްޖެއެވެ.

އެންމެ ގިނަ ބަޔަކު ބަލާ އެއް ފުޓުބޯޅަ ލީގު ކަމުގައިވާ އިނގިރޭސި ޕްރިމިޔާ ލީގުގައި ފުރަތަމަ ފަހަރަށް ރެފްފީކަން ކުރާ އަންހެން ރެފްރީގެ ގޮތުގައި މާދަމާ ފުލްހަމްއާއި މެންޗެސްޓަރ ޔުނައިޓެޑު ބައްދަލު ކުރާ މެޗުގައި ރެބެކާ ހުންނާނީ ހަތަރު ވަނަ އޮފިޝިލެއްގެ ގޮތުގައެވެ.

ފުލްހަމްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ރެބެކާ ހަތަރު ވަނަ އޮފިޝިއަލްގެ ގޮތުގައި ހުންނަ އިރު، މިއީ އަންހެން ރެފްރީއެށް ޕްރިމިއަރ ލީގުގެ ރެފްރީއަކަށް ހުންނާނެ ފުރަތަމަ ފަހަރުއެވެެ ވެލްޗަށް މި އަހަރަކީ ރެފްރީކަމުގައި ވަރަށް ކާމިޔާބު އަހަރެކެވެ. ޖެނުއަރީގައި އިނގިރޭސި ޗެމްޕިއަންޝިޕުގައި ޕްރެސްޓަން އާއި ބާމިންހަމް ބައްދަލުކުރި މެޗުގައި ރެފްރީކަން ކުރުމުން އޭނާވީ ޗެމްޕިއަންޝިޕުގައި ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީއަށެވެ.

އޭނާ ވަނީ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި އަހަރުގެ މެދުތެރޭގައި ނިމިގެންދިޔަ އަންހެނުންގެ ވޯލްޑްކަޕުގައި ތިން މެޗެއްގައި ރެފްރީކަންކޮށްފައެވެ. އެހެން ކަމުން މިއީ ރެފްރީއެއްގެ ގޮތުގައި އޭނާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ވެލްޗް ވަނީ އަންހެނުންގެ އެފްއޭކަޕް ފައިނަލުގައި 2017 ވަނަ އަހަރާއި 2020ގައި ރެފްރީކަންކޮށްފަ އެވެ. އަދި އޭނާ ވަނީ ޔޫއޭފާ އެލީޓް ކެޓަގަރީއަށް ނޮމިނޭޓްވެފައެވެ. އޭނާ ރެފްރީކަން ކުރަން ފެށީ ނެޝަނަލް ހެލްތު ސާވިސްގެ އެޑްމިނިއްޓްރޭޓަރެއްގެ ވަޒީފާ ދޫކޮށްލުމަށްފަހުއެވެ. އުމުރުން 39 އަހަރުގެ ރެބެކާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ފީފާގެ ރެފްރީންގެ ލިސްޓަށް ނަން އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު