އަނިޔާގެ ސަބަބުން ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާ ދެކޮޅަށް އިންގްލޭންޑުން ކުޅޭ މެޗުގައި އެޓީމުގެ ހުނަރުވެރި ވިންގާ ރަހީމް ސްޓާލިން އަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ސްޓާލިންގެ އުނަގަނޑަށް އަނިޔާވެފައިވާއިރު ޕްރިމިއާ ލީގުގައި އެންމެފަހުން ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 1-2 އިން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދި މެޗުގައި ސްޓާލިން ކުޅެފައިވެއެވެ. އެގޮތުން އެ މެޗުގެ ފުރަތަމަ ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ވެސް ސްޓާލިންއެވެ.

ސްޓާލިއަން އަށް އަނިޔާވި ނަމަވެސް އޭނާގެ ބަދަލުގައި އިތުރު ކުޅުންތެރިއެއް ސްކޮޑަށް ނުނަގަން އިންގްލޭންޑްގެ ކޯޗު ގެރެތް ސައުތްގޭޓް ވަނީ ނިންމާފައެވެ. އެހެންކަމުން އިންގްލޭންޑްގެ ސްކޮޑުގައި މިހާރު ތިބީ 22 ކުޅުންތެރިންނެވެ.

އުމުރުން 26 އަހަރުގެ ސްޓާލިން އަކީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި އިންގްލޭންޑް ޓީމުގައި ވެސް ހިމެނެނު ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގައި އިންގްލޭންޑުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުގައި ކުޅެފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްޕެއިނާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ. އަދި އަންނަ އަންގާރަ ދުވަހުގެރޭ އެކުވެރިކަމުގެ މެޗެއްގައި ސްވިޒަލޭންޑާއި ދެކޮޅަށް ވެސް އިންގްލޭންޑުން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިންގްލޭންޑްގެ 22 ކުޅުންތެރިންގެ ސްކޮޑު:

ގޯލްކީޕަރުން: ޖޯޑަން ޕިކްފޯޑް (އެވަޓަން)، ޖެކް ބަޓްލޭންޑް (ސްޓޯކް ސިޓީ)، އެލެކްސް މެކާތީ (ސައުތްހެމްޓަން)

ޑިފެންޑަރުން: ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް (ލިވަޕޫލް)، ފަބިއަން ޑެލްފް (މެންޗެސްޓަރ ސިޓީ)، ޖޯ ގޮމޭޒް (ލިވަޕޫލް)، ހެރީ މެގުއާ (ލެސްޓަ ސިޓީ)، ޑެނީ ރޯސް (ޓޮޓެންހަމް)، ލޫކް ޝޯ (މެންޗެސްޓަރ ޔުނައިޓެޑް)، ޖޯން ސްޓޯންސް (މެންޗެސްޓަރ ސިޓީ)، ޖޭމްސް ޓާކޯސްކީ (ބާންލީ)، ކިއެރަން ޓްރިޕިޔާ (ޓޮޓެންހަމް)، ކައިލް ވޯކާ (މެންޗެސްޓަރ ސިޓީ)

މިޑްފީލްޑަރުން: ޑެލެ އަލީ (ޓޮޓެންހަމް)، އެރިކް ޑަޔާ (ޓޮޓެންހަމް)، ޖޯޑަން ހެންޑަސަން (ލިވަޕޫލް)، އެޑެމް ލަލާނާ (ލިވަޕޫލް)، ޖެސީ ލިންގާޑް (މެންޗެސްޓަރ ޔުނައިޓެޑް)، ރުބެން ލޮފްޓަސް ޗީކް (ޗެލްސީ)

ފޯވާޑުން: ހެރީ ކޭން (ޓޮޓެންހަމް)، މާކަސް ރަޝްފޯޑް (މެންޗެސްޓަރ ޔުނައިޓެޑް)، ޑެނީ ވެލްބެކް (އާސެނަލް)