ސުޕަ ލީގުގައި ބައިވެރިވާން ނިންމި މެންޗެސްޓަރ ޔުނައިޓެޑުގެ އެގްޒެގެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް އާއި ޔުވެންޓަސްގެ ޗެއާމަން އަންޑްރޭ އަގްނެލީ އަކީ "ހަރުފަ" ތަކެއްގެ ގޮތުގައި ޔުއެފާގެ ރައީސް އެލެކްސެންޑަރ ސެފެރިން ވިދާޅުވެއްޖެ އެވެ.

މި ދެ ކުލަބުގެ އިސްވެރިންނަކީ ވެސް ސުޕަ ލީގު އުފެއްދުމުގެ ބޮޑު ރޯލެއް އަދާކުރާ ބައެކެވެ. ޔުނައިޓެޑުގެ ވެރިޔާ އާއި ޔުވެންޓަސްގެ ވެރިޔާ އަކީ ސުޕަ ލީގު އުފެއްދުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެކެވެ.

ޔުއެފާގެ ވެރިޔާ ސެފެރިން ވިދާޅުވީ ދެ ކުލަބުގެ ވެރިންނާއި ވަރަށް ފަހުންވެސް ވާހަކަ ދެއްކި ކަމަށާއި ދެ ވެރިންވެސް ތިބީ ޔުއެފާއިން ގެންނަ ބަދަލުތަކާއި މެދު ހިތްހަމަޖެހިގެން ކަމަށެވެ. އަދި ޔުއެފާއަށް ތައުރީފުވެސް ކޮށްފައިވާ ކަމަށް ސެެފެރިން ވިދާޅުވިއެވެ.

"އަހަންނަކީ 24 އަހަރު ވަންދެން ކްރިމިނަލް ލޯޔަރެއްގެ ގޮތުގައި މަސައްކަތްުކުރި މީހެއް، ވަރަށް ގިނަ ކަންކަން ފެނިފަ ހުރީ، އެކި ކަހަލަ މީހުންނާއި ދިމާވި، އެކަމަކީ މިވަރުގެ ދެ މީހުންނާއި (ޔުވެންޓަސް އާއި ޔުނައިޓެޑުގެ ވެރިން) ދިމަލެއް ނުވޭ" ސެފެރިން ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑް ވުޑްވާޑް އާއި ވާހަކަދެކެވުނު ކަމަށާއި އަލަށް ގެނައި ބަދަލުތަކާއި މެދު ވަރަށް ތައުރީފުކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިނެންޝަލް ފެއާޕްލޭ އުސޫލާއި މެދު ބައެއް ހިތްހަމަނުޖެހުންތަކެއް ހުރިކަން އެފަހަރު ފާހަގަކުރި ކަމަށާއި ޔުވެންޓަސްގެ ވެރިޔާގެ އެ ބޮޑު ނިންމުމަކީ މިހާތަނަށް އޭނާ އެންމެ ބޮޑަށް މާޔޫސްވި ނިންމުން ކަމަށްވެސް ސެފެރިން ވިދާޅުވިއެވެ.

"އުމުރުގަވެސް ނުދެކެން އެހާ ދޮގުހެދި މީހެއް (އަގްނެލީ)، އެންމެފަހުން އެ ހެދީ ދޮގު، ގަބޫލުކުރަންވެސް ދަތި، ހޮނިހިރު ދުވަހު ވާހަކަ ދެއްކިން ސުޕަ ލީގު އުފައްދަން އުޅޭ އަޑުތަކެއް އެރީމަ، އެފަހަރު ބުނި އެކަހަލަ ކަމެއް ނޫޅެޔޭ، އެއީ ފެތުރިގެން އުޅޭ އަޑުތަކެކޭ، އެއްވެސް ކަމެއް ނުވާނޭ، އޭގެފަހުން ގަޑިއިރެއް ފަހުން ގުޅާނަމޭ ކިޔާފަ ފޯން ބޭއްވި ގޮތަށް ބަހަބަރު، އޭގެ އަނެއް ދުވަހު މި ސުޕަ ލީގުގެ ކުލަބުތަކުގެ ވާހަކަ އަޑު އެހީ" ސެފެރިން ވިދާޅުވިއެވެ.

ފައިސާގެ ދަހިވެތިކަމަކީ އިންސާނާ ހަލާކުކޮށްލާ އެއްޗެއް ކަމަށާއި އެއީ މީހާގެ އަގުވެސް ވެއްޓޭ ކަމެއް ކަމަށް ސެފެރިން ވިދާޅުވިއެވެ. އަދި ސުޕަ ލީގު އިއުލާނުކުރުމުގެ ކުރިން އެ ހުރިހާ ކުލަބުތަކުން ވެސް ތިބީ ޔުއެފާއާއި އެކުކަމަށާއި ޔުއެފާގެ ނިންމުންތަކަށް ތައުރީފުކުރި ކަމަށްވެސް ސެފެރިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބިލީސް

    އަސްލު މިމީހުންވެސް ގޯސް މިކަމުގައި. މިއޮށްހާދުވަހު މިތަންތާ ބަނގުޑި ބައްދައިގެން އަންބޮޑިޔަށް ގިނަކުރުން ނޫން ކަމެއް ނުކުރޭ. ބަޔަކު ދެން މިހާރު ނުކުމެ ކަމެއްކުރަން އުޅުނީމަ އެވަރުގެ ނުބައިބަޔެއް ނެތް.

    5
    1