މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 256 ކޮންޓެއިނަރުގެ މުދާ އިއްޔެ ބާލައިފިއެވެ،

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ތެރޭގައި 20 ފޫޓުގެ 80 ކޮންޓެއިނަރާއި، 40 ފޫޓުގެ 88 ކޮންޓެއިނަރު ހިމެނެއެވެ.

އެމްޕީއެލް އިން ބޭލި މުދަލުގެ ތެރޭގައި ހިމެނެނީ:

165 ބަސްތާ ކެބެޖު

1120 ބަސްތާ ފިޔާ

75 އަރި ދޮންކެޔޮ

1460 ބަސްތާ އަލުވި

200 ކަރާ ބަސްތާ

5320 ކާޓަނުގެ ބިސް

50 ކްރޭޓުގެ ބަށި

25 ކްރޭޓުގެ ކިއުކަމްބާ

40 ކްރޭޓުގެ މިރުސް

30 ކްރޭޓުގެ ލޭޑީޒް ފިންގާ

82 ކްރޭޓުގެ އަނބު

630 ކްރޭޓުގެ އަލާނާސި

33 ކްރޭޓުގެ ރޮކް މެލަން

60 ކްރޭޓުގެ ސްވީޓް މެލަން

864 ކްރޭޓުގެ ޓޮމާޓޯ

4 ބަސްޓާ ބީޓް ރޫޓު

50 ބަސްތާ ކާށި

10 ބަސްތާ ލުނބޯ

40 ގޯނި ފުފޫ

އަދި ފަލަމަޑީގެ ބާވަތެއްގެ 20 ކާޓޫނާއި 22 ކްރޭޓު

މާރޗް 13 ވަނަ ދުވަހު އެމްޕީއެލް އިން އެންމެ ގިނައިން ބޭލި މުދަލަކީ ކަރާއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމަށް އެމްޕީއެލް އިން ވަނީ ކުރިން ބުނެފައެވެ.