ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ފޯނާއި، ފޯނާއި ގުޅުން ހުރި ސާމާނު ވިއްކުމުގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބެސްޓް ބައި މޯބައިލްއިން ރަމަޟާން މަހާއި ދިމާކޮށް ހާއްސަ ސޭލް އެއް ފަށައިފިއެވެ.

އެޕަލް، ސެމްސަން، އަދި މި ނޫނަސް ދުނިޔޭގެ އެންމެ ނަން ވިދާ ފޯން ބްރޭންޑްތަކުގެ އިތުރުން، އޮރިޖިނަލް ގޭމިންގ ޕްރޮޑަކްޓްތަކާއި، އެހެނިހެން އިލެކްޓްރޯނިކް ސާމާނު ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލްއިން ބުނީ، ރަމަޟާން ސޭލްގެ ދަށުން ބައެއް ޕްރޮޑަކްޓްތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެން ދާނެ ކަމަށެވެ.

މިގޮތުން އައިފޯން15 ސީރީޒް، ސެމްސަންގ ގެލެކްސީ އެސް23 އަދި 24ގެ އިތުރުން، ޕީއެސް5 ސްލިމް ޑިސްޓް 1 ޓީބީ އަދި ޕީއެސް5 ބަންޑްލް އާއި ޕީއެސް 5 ވަރަށް ހާއްސަ އަގުތަކެއްގައި މި ސޭލްގެ ދަށުން ލިބިގެން ދާނެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ހުރިހާ ޕްރޮޑަކްޓްތަކެއްވެސް ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ލިބިގެން ދާނީ ބެސްޓް ބައި މޯބައިލްއިން ކަމެވެ.

ބެސްޓް ބައި މޯބައިލްއިން ވަނީ އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރިކޮށްގެން ދެ މީހަަކަށް އުމްރާގެ އަޅުކަން އަދާ ކުރުމަށް ފުުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ.

މިގޮތުން 1،000ރ. އިން މަތިން އެ ކުންފުނީގެ ތިން ފިހާރައިންވެސް ވިޔަފާރި ކުރާ ފަރާތްތަަށް ކޫޕަނެއް ލިބިގެން ދާނެއެވެ. އެ ކޫޕަން ފުރާލުމަށްފަހު، އެ ފިހާރަަތަކުގައި ހުންނަ ފޮއްޓަށް ލުމުން ޕްރޮމޯޝަންގައި ބައިވެރިވެރިވެވުނީއެވެ.

"މިސާލަކަށް، 10،000ރގެ އެއްޗެއް ގަތިއްޖާ، ލިބޭނެ 10 ކޫޕަން، އެ 10 ކޫޕަން ފުރާލުމަށްފަހު ފިހާރަ ތެރޭގައި ހުންނަ ފޮއްޓަށް ލައިގެން ޕްރޮމޯޝަންގައި ބައިވެރިވެވޭވެނެ،".

މި ޕްރޮމޯޝަން ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބެސްޓް ބައި މޯބައިލްގެ މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ގިބްލާ ހައްޖު އުމްރާ ގްރޫޕާއި ގުޅިގެންނެވެ.

މިި ޕްރޮމޯޝަންގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އެވެ. "ވަގުތު ޓީވީ" މެދުވެރިކޮށް މި ޕްރޮމޯޝަންގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ލައިވް ކޮށް ދައްކާނެއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

ބެސްޓް ބައި މޯބައިލްގެ ފޭސްބުކް ލިންކް

ބެސްޓް ބައި މޯބައިލްގެ އިންސްޓަގްރާމް ލިންކް

ކިޔުންތެރިންގެ ހިޔާލު