ކުކުޅު ފިހާރައިން ހިލޭ ފްރެންޗް ފްރައިސް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖާރ މާޝިޠާ އާދަމް ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ފްރެންޗް ފްރައިސް 10 ކޭހަކުން އެއް ކޭސް ހިލޭ ލިބިގެން ދާނެ ކަަމަށެވެ.
ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.
ކުކުޅު ފިހާރައިގެ ނަމްބަރަކީ 9986575 އެވެ. އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.