ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީ 2024ގައި ރާއްޖެއިން ފާހަގަކޮށްލެވޭ ނުވަ ކެޓެގަރީ އަކަށް
ނޮމިނޭޓްވެއްޖެއެވެ.

އެމްއެމްޕީއާރްސީން މައުލޫމާތުދެއްވާގޮތުގައި 1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސް މިއީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ރޮނގުގައި އެންމެ އިހުތިރާމް ލިބިގެންވާ މަޤުބޫލު އެއް އެވޯޑް ގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

އަދި ފަތުރުވެރިކަމުގެ ދާއިރާގައި، އަދި ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެވޯޑް ދިނުން ކަމަށްވެސް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.

ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީ 2024ގައި ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓެގަރީތަކަކީ؛

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެއަށް ވޯޓު ދިނުމަށް އެ ކެޓެގަރީއެއްގައިވާ ލިންކްތައް ބޭނުން ކުރެވޭނެއެވެ.

އެމްއެމްޕީއާރްސީން ވިދާޅުވީ، ދަތުރުފަތުރުގެ ސިނާއަތުން ލިބޭ މިފަދަ އެވޯޑުތައް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް ވަރަށް މުހިންމު ކަމަށެވެ. އެއީ އެހެން މަންޒިލްތަކާއި ތަފާތު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ގާއިމުވެފައި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރާ ފަރާތްތަކަށް ހަނދާން ނައްތާނުލެވޭނެ ފަދަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތައް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަކަން ދައްކުވައިދޭ ކުލަގަދަ ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.

ޑަބްލިޔުޓީއޭ ވޯލްޑްސް ކެޓަގަރީއަށް ވޯޓުލުން ހުޅުވާލާފައިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިިޔަލަށެެވެ.