މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 224 ކޮންޓެއިނަރުގެ މުދާ މިއަދު ބާލައިފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ތެރޭގައި 20 ފޫޓުގެ 89 ކޮންޓެއިނަރާއި، 40 ފޫޓުގެ 85 ކޮންޓެއިނަރު ހިމެނެއެވެ.

އެމްޕީއެލް އިން ބޭލި މުދަލުގެ ތެރޭގައި ހިމެނެނީ:

  • 351 ބަސްތާ ކެބެޖު
  • 15 ޓްރޭ ފޭރު
    223 އަރި ދޮންކެޔޮ
  • 1350 ބަސްތާ އަލުވި
  • 1160 ކަރާ ބަސްތާ
  • 839 ކާޓަނުގެ ބިސް
  • 12 ޓްރޭގެ ބަށި
  • 25 ކްރޭޓުގެ ކިއުކަމްބާ
  • 170 ކްރޭޓުގެ އަނބު
  • 288 ކްރޭޓުގެ އަލާނާސި
  • 13 ކްރޭޓުގެ ރޮކް މެލަން
  • 13 ކްރޭޓުގެ ސްވީޓް މެލަން
  • 396 ކްރޭޓުގެ ޓޮމާޓޯ
  • 171 ބަސްތާ ބަރަބޯ
  • 48 ކްރޭޓު ލޮނު
  • 15 ޓްރޭ ފަޅޯ
  • 65 ކްރޭޓު އަނބު
  • 30 ބަސްތާ އަލަ
  • 10 ބަސްތާ ކަށްޓަލަ
  • 20 ބަސްތާ ފެފޫ
    2 ބަސްތާ ލުނބޯ

މިއަދު އެމްޕީއެލް އިން އެންމެ ގިނައިން ބޭލި މުދަލަކީ އަލުވިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމަށް އެމްޕީއެލް އިން ވަނީ ކުރިން ވިދާޅުވެފައެވެ.