ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B އައްޔަންކޮށްފިއެވެ.

މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައެވެ.

ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04 ވަނީ އީޖީއެމްގައި އައްޔަންކޮށްފައެވެ.

އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:

1. މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
2. އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
3. އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
4. އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
5. އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
6. އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
7. އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
8. އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
9. އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
10. އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ