އައްޑޫގައި ހުންނަ ލިބޭ ސުޕާމާޓުން ރޯދަ މަހަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވަރަށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.

އަބަދުވެސް ރައްޔިތުންްނަށް ހެޔޮ އަގެއްގައި ތަކެތި ވިއްކަމުން އަންނަ ލިބޭ އިން ރޯދަ މަހު އެންމެ ހިނގާ އެއްބާވަތް ކަމަށްވާ ކަރާ ކިލޯއެއް ރީޓެއިލްކޮށް 14ރ އަށް ލިބޭނެއެވެ.

އައްޑޫ ލިބޭ ސުޕާމާޓުން ހެޔޮ އަގެއްގައި ލިބެން ހުރި އެހެނިހެން ބާވަތްތަކަށް ބަލާއިރު، 25 ކިލޯގެ ކެބެޖް ބަސްތާއެއް 330ރ. އަށް ލިބޭއިރު، ހަތް ކިލޯގެ އަލަނާސި ކޭހެެއް 300ރ. އަށް ލިބޭނެއެވެ.

އަދި ބިސް ކޭހެއް 270ރ. އަށް ލިބޭއިރު، 13ކިލޯގެ ޓޮމާޓޯ ކޭހެއް 250ރ. އަށް އެ ސުޕާމާޓުން ލިބިގެން ދާނެއެވެ.

މީގެ އިތުރުން މި ސުޕާމާޓުން ތާޒާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވާތްތަކެއް ހެޔޮ އަގެއްގައި ލިބޭނެއެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް

"ލިބޭ-02" ފިހާރަ ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް ކައިރީގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.