ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލިބޭއިން ކެބެޖް، ޓޮމާޓޯ އަދި ކަރާ ދެކުނުގެ ހުރިހާ އަތޮޅަކަށް ޑެލިވަރީ ކޮށްދޭން ފަށައިފިއެވެ.

ލިބޭއިން ދެކުނުގެ އަތޮޅުތަކަށް އެތަކެތި ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ފަށާފައިވާއިރު، ލިބޭގެ އޮފިޝަލަކު ވިދާޅުވީ، ދެކުނުގެ ރަށްތަކުގެ ތެރެެއިން ކެބެޖް، ޓޮމާޓޯ އަދި ކަރާ ބޭނުންވާ ރަށްތަކަށް ހިތަދޫގައި ހުންނަ ލިބޭ ސުޕަމާޓު ފިހާރައިގެ ފޯނު ނަންބަރު، 7682002 އަށް ގުޅުމުން ޑެލިވަރީގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

ލިބޭ ސުޕަމާޓުން އަންނަނީ މި ރަމަޟާން މަހާއި ދިމާކޮށް އާންމުން ބޭނުންވާ ގިނަ ސާމާނުތައް ހެޔޮ އަގުގައި ވިއްކަމުންނެވެ. އަދި ރަމަޟާން މަހާއި ދިމާކޮށް، 500 ރުފިޔާއިން މަތީގެ ވިޔަފާރިތައް ކުރާ ކަސްޓަމަރުންނަށް އެތަކެއް އަގު ހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ވެސް މިހާރު އަންނަނީ ކުރިއަށް ގެންދަމުންނެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.