ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލިބޭއިން ހޯލްސޭލްކޮށް ކަރާ ކިލޯއެއް 11 ރުފިޔާ 20 ލާރިއަށް ވިއްކަން ފަށައިފިއެވެ.

އަބަދުވެސް ރައްޔިތުންްނަށް ހެޔޮ އަގެއްގައި ތަކެތި ވިއްކަމުން އަންނަ ލިބޭ އިން ރޯދަ މަހު އެންމެ ހިނގާ އެއްބާވަތް ކަމަށްވާ ކަރާ ކިލޯއެއް ރީޓެއިލްކޮށް ވިއްކަނީ 13ރ. އަށެވެ.

އައްޑޫ ލިބޭ ސުޕާމާޓުން ހެޔޮ އަގެއްގައި ލިބެން ހުރި އެހެނިހެން ބާވަތްތަކަށް ބަލާއިރު، 25 ކިލޯގެ ކަރާ ބަސްތާއެއް 280ރ. އަށް ލިބޭއިރު، 25 ކިލޯގެ ކެބެޖް ބަސްތާއެއް 320ރ. އަށް ލިބޭނެއެވެ.

މީގެ އިތުރުން 23 ކިލޯގެ ކާށި ބަސްތާއެއް 385ރ. އަށް ލިބޭ ސުޕާމާޓުން ލިބޭއިރު، 13 ކިލޯގެ ޓޮމާޓޯ ކޭހެއް 230ރ. އަށް ލިބޭނެއެވެ.

މީގެ އިތުރުން މި ސުޕާމާޓުން ތާޒާ މޭވާ އާއި ތަރުކާރީގެ ގިނަ ބާވާތްތަކެއް ހެޔޮ އަގެއްގައި ލިބޭނެއެވެ.

"ލިބޭ" އައްޑޫ ފިހާރައިގެ ވައިބާ ގްރޫޕް ލިންކް

"ލިބޭ-02" ފިހާރަ ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް ކައިރީގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.