އައްޑޫސިޓީ ހިތަދޫގައި ހުޅުވާފައިވާ "ލިބޭ-02" ފިހާރައިން ވިޔަފާރި ކޮށް، ރޯދަ އަލަމާރި ހުޅުވައިގެން އައިފޯން 15 ޕްރޯ މެކްސް ގދ. ގައްދޫ، ޓޯކިޔޯ އަހްމަދު ޝުޖާއު އަށް ލިބިއްޖެއެވެ.

ލިބޭގެ އޮފިޝަލަކު ވިދާޅުވީ، ރަމަޟާން މަހާއި ގުޅުވައިގެން ކުރިއަށް ގެންދާ "ރޯދަ އަލަމާރީ" ޕްރޮމޯޝަންގެ ދަށުން ލިބޭ ސުޕަމާޓުން ވިޔަފާރި ކޮށްގެން އަގުހުރި އެތައް އިނާމެއް މީގެ ކުރިން ކަސްޓަމަރުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އައިފޯން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ސާމާނު، އިލެކްޓޮރޯނިކް ސާމާނު ވަނީ ކަސްޓަމަރުންނަށް ލިބިގެން ގޮސްފައެވެ.

މިފަހަރުގެ ރޯދަ އަލަމާރީގައި އުމްރާ ދަތުރުގެ އިތުރުން، އައިފޯން 15 ޕްރޮމޯކެސް 256ޖީބީ، އެއާބްލޭޑް 160 (ސްޕެޝަލް އެޑިޝަން)، ފަދަ އަގުބޮޑެތި އިނާމު ލިބިގެންދާނެއެވެ. މި އިނާމުތަކުގެ ތެރެއިން އުމްރާ ދަތުރު ވަނީ ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެން ގޮސްފައެވެ.

"ރޯދަ އަލަމާރި" ހުޅުވުމުގެ ފުރުސަތު 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އޮންނާނެއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް، ތަޅުދަނޑިތަކެއްގެ ތެރެއިން ރަނގަޅު ތަޅުދަނޑި ދިމާކޮށްގެން، އެވަގުތެއްގައި އަލަމާރީގައި ހުންނަ ހުރިހާ ތަކެތި ހިލޭ ލިބިގެންދާނެއެވެ.

މީގެ އިތުުރުން އީދުވިލޭރޭ 8:00 އިން ފެށިގެން "ލިބޭ-02" ފިހާރައިން 500ރ އިން މަތިިން ވިޔަފާރި ކުރާ ފަރާތްތަކަށް ސައިކަލެއް ހޯދުމުގެ ފުރުސަތުވެސް އޮންނާނެ އެެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައިވާ ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

ލިބޭ ސުޕަމާޓުން ވަނީ މިރޯދަ މަހާއި ދިމާކޮށް ދިވެހިން ބޭނުންވާ ހުރިހާ އެއްޗެއްގެ އިތުރުން ތާޒާ މޭވާވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.