ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ގަން) އާއި ހުވަދު އަތޮޅުގެ ކޫޑޫ އެއާޕޯޓާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ސައުތު ކަނެކްޓިވިޓީ އިނީޝިއޭޓިވްގެ ދަށުން އާ ޑޮމެސްޓިކް ރޫޓެއް ތައާރަފްކޮށްފައިވާއިރު، އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ދެ ދުވަހު މި ދަތުރުތައް ބާއްވާނެއެވެ. އެއީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހުގައެވެ.

މޯލްޑިިވިއަން އިން މައުލޫމާތު ދޭގޮތުގައި މި ދަތުރުތައް މިހާރުން ފެށިގެން ޓިކެޓް ބުކް ކުރެވޭނެއެވެ.

މޯލްޑިވިއަން އިން ވިދާޅުވީ ގަމާއި ކޫއްޑޫ ދެމެދު މި ފެށޭ ހިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޓޫރިސްޓުން ގެނައުމަށް ސީދާ ގުޅުމެއް ގާއިމުކުރެވޭނެ ކަަމަށެވެ. އަދި މި ދެ އެއާޕޯޓާއި ދެމެދު މެދުކެނޑުމެއް ނެތި ދަތުރުފަތުރުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގއ. އަދި ގދ. އަތޮޅުގައި ރިސޯޓްކާއި ގެސްޓްހައުސްތައް ހުންނައިރު، މި ދަތުރުގެ ސަބަބުން މި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާވިދު

    ތީ ހުސް ދޮގު ކަލޭމެންނަށް ކުރެވޭހާ ވެސް ކަމަކީ ދޮގުހެދުން. ދޮގުހެދުމުގެ ހައްދެއް ނެތް ކުންފުންޏެއް ތިޔައީ. އިސްލާމް ދީނުގައި ހަރާން ކުރައްވާފައިވާ ކަންތައް ކުރާ ކުންފުންޏަކަށް ކުރިއެރުޔމެއް ނުލިބޭނެތީ ކުރި ނާރަނީ. ހުސްދޮގު ހަދާނީ ކާޑެްދުއާ އައްޑުއާ ދެމެދުވެސް ތިެހން ޝެޑިއުލް ދަތުރުފަށާނެ ކަމަށ ްބުނެ ހެދީ ހުސް ދޮގު. ސްރީލަންކަން އިން ގަމަށް ކުރާ ދަތުރުތަކަށް ކަނެކްޝަން ދޭށޭ ކިޔާފައި އޭރުވެސް ހެދީ ދޮގު. ސްރީލަންކާ އާއި \ގަމާ ދެމެދު މޯލްޑިވިއަން އިން ދަތުިރު ފަށަނީ އޭ ކިޔާފައި 2013 ގހަ ވެސް ހެދީ ދޮގު. މިވަރުގެ ހަރާން ކަމެއް އޮންނާނެތޯ ދޮގުހެދމަށް ވުރެ. ހުސް ދޮގު ދޮގު ދޮގު ބުހބުތާނު މަރުކާފަރު ދޮގު ހަދާ ބައެއް. ރައްޔިތރުންނެއް ގަބޫީލެއް ނުކުރާނެ