ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އަތަރް ބްރޭންޑަކީ "އޫދް އަލް ސަބާޔާ"އެވެ. މިއީ އެތައް ބައެއްގެ ފޭވަރިޓެވެ. ސަބަބުތައްވެސް ގިނައެވެ. އަމިއްލަ އަތަރާއި ޕާފިއުމާއި، ލޯޝާނައި އެއަރ ފްރެޝްނާރ އާއި އެ ނޫން ވެސް އެތައް ޕްރޮޑަކްޓްތަކެއް ތައާރަފްކޮށް ދިވެހިންނާ ހަމައަށް ގެނެސްްދީފިއެވެ.

އޫދް އަލް ސަބާޔާގެ ކާމިޔާބީއަކީވެސް އާ ވަސްތަކާއި، އަމިއްލަ އެތައް ވައްތަރެއް ދިވެހިންނާ ހަމައަށް ގެނެސްދިނުމާއި، އެ ބްރޭންޑުން ނެރޭ ޕްރޮޑަކްޓްތަކުގެ ކޮލެޓީ ހުރުމުންނެވެ. އޭގެ ހެއްކެއްގެ ގޮތުން ގިނަ އިރު ވަސް ހުރުންވެސް ހިމެނެއެވެ.

އޫދް އަލް ސަބާޔާގެ ފިހާރަ، މިތަނުން މީރުވަސް ދުވާ އަމިއްލަ އަތަރާއި ޕާފިއުމް ލިބޭނެ

އޫދް އަލް ސަބާޔައިން ރާއްޖެއަށް އެންމެ ފުރަތަމަ އަމިއްލަ އަތަރާއި ޕާފިއުމް ތައާރަފްކޮށްފައި ވަނީ 2017 ވަނަ އަހަރެެވެ.

އޫދް އަލް ސަބާޔާގެ ފިހާރަ، މިތަނުން މީރުވަސް ދުވާ އަމިއްލަ އަތަރާއި ޕާފިއުމް ލިބޭނެ

އޫދް އަލް ސަބާޔާގެ ދަތުރު ކުރުކޮށް!

މި ބްރޭންޑްގެވެސް ވިޔަފާރީގެވެސް ފެށުމަކީ "އަލް ސިންހޫތް" ގެ ނަމުގައި ފޭސްބުކްގައި ހުޅުވި ފޭސްބުކް ޕޭޖެކެވެ. އޮންލައިން ވިޔަފާރި ކުރާ ގިނަ ފަރާތްތަކަށްވެސް ކަންތަށް ކުރާ އުސޫލުން ސ.ހިތަދުއަށް އުފަން ހުސެން ޝަބީން ދަބަހަކަށް އަޅައިގެން އެކި ބްރޭންޑްތަކާއި އެކި ވައްތަރުތަކުގެ އަތަރްތަކާއި ސެންޓްތައް ވިއްކަން ފެށިއެވެ.

މަދު ޕްރޮޑަކްޓްތަކާއެކު މި މަސައްކަތް ފެށި ނަމަވެސް އޭނާގެ މި ދަތުރު ވަރަށް ކާމިޔާބެވެ.

އޭނާގެ ވިސްނުން އައި ވިޔަފާރި ފުޅާކުރަން ފެށިއެވެ. އޫދް އަލް ސަބާޔާ ވުޖޫދުވީ 2015 ވަނަ އަހަރުއެވެ. އެއިރުވެސް ޕްރޮޑަކްޓްތައް މާ ގިނައެއް ނޫނެވެ.

އޫދް އަލް ސަބާޔާގެ ފިހާރަ، މިތަނުން މީރުވަސް ދުވާ އަމިއްލަ އަތަރާއި ޕާފިއުމް ލިބޭނެ

އޭނާގެ ވިޔަފާރި ފުޅާކޮށް އަމިއްލަ އެތައް ވައްތަރެއް ރާއްޖޭގެ ބާޒާރަށް ނެރެން ފެށިއެވެ. މިއާއެކު ހީކުރިވަރަށް ހަލުވިކޮށް އޭނާގެ ވިޔަފާރި ކުރިއަރައިގެން ގޮސްފިއެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ ފުރަތަމަ އަމިއްލަ އަތަރް ބްރޭންޑެވެ. ރާއްޖޭގެ އެންމެ ފުރަތަަމަ ލޯޝަން ބްރޭންޑެވެ. އަދި ފުރަތަމަ ޕާފިއުމް ބްރޭންޑްގެ އިތުރުން، ރާއްޖޭގެ އެންްމެ ފުރަތަަމަ އެއާފްރެޝްނާ ބްރޭންޑްވެސް މެއެވެ.

އޫދް އަލް ސަބާޔާ ރާއްޖޭގެ ފުރަތަމަ ޕާފިއުމް ބްރޭންޑް، މިއީ 2017ގެ ޕޯސްޓެއް

އޫދް އަލް ސަބާޔާގައި ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ އަތަރާއި ޕާފިއުމް އަދި ސެންޓު ހުންނާނެއެވެ.

"އެންމެ ފުރަތަމަ އަމިއްލަ ޕާފިއުމްއެއް ރާއްޖޭގައި ހެދީ އަޅުގަނޑު އެއީ 2017 ވަނަ އަހަރު، މިކަން ފަހުރުވެރިކަމާއެކު ބުނާނަން، މިއީ ބޮޑު ކާމިޔާބީއެއް، ކާމިޔާބީއެއް ކަމަށް ފާހަގަ ކުރަނީ މިހާރު އަހަރެންގެ އަމިއްލަ ބްރޭންޑްގެ ޕްރޮޑަކްޓްތައް ކޮޕީ ކުރާތީ، އަމިއްލަ ބްރޭންޑެއް ކޮޕީ ކުރާނީ ޓަފް ވީމަ ދޯ،". ޝަބީން ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާއަކީ ރާއްޖޭގެ ފުރަތަމަ އަތަރު ބްރޭންޑް، އެ ބްރޭންޑްގެ ފުރަތަމަ އަތަރް ލޯންޗް ކުރީ 2017ގައި

ޝަބީން ވިދާޅުވިގޮތުގައި ސެންޓެއް މާކެޓަށް ނެރުން އެއީ ވަރަށް މަސައްކަތެވެ.

"ފުރަތަމަ އެއްކޮށް އުޅޭ މީހުން ޖަހާ ސެޓު އެއްކޮށް. ވަރަށް ގިނަ ކަންތައް ބަލާފައި މާކެޓަށް ނެރެނީ. ހަމަ އެއްޗަކަށް އެއްޗެއް ހަދާފައެއް ނޫން.". އޭނާ ވިދާޅުވިއެވެ.

ޝަބީން ފާހަގަކުރެއްވިގޮތުގައި އެތަނުން ވިއްކާ ޕްރޮޑަކްޓްތަކުގެ އަގުގެ މައްސަލަ ގިނަފަހަރަށް ދިމާވާ ކަމަށެވެ. އެގޮތުން ބައެއް މީހުން އެހެން ފިހާރައިން ގަންނަ އަތަރަށްވުރެ މި ފިހާރައިން ގަންނަ އަތަރު އަގު ބޮޑުވެގެން އެ ވާހަކަ ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޫދް އަލް ސަބާޔާގެ ފުރަތަމަ ފިހާރަ 2016

"އަތަރުގެ އެކި ކޮލެޓީ ހުންނާނެ. 3 އެމްއެލްގެ 600 ޑޮލަރަށް ދޭ އަތަރުވެސް ދުނިޔޭގައި އެބަ ހުރި. އަޅުގަނޑުމެން ކޮލެޓީ ހިފަހައްޓަން އަބަދުވެސް، އެ ޔަގީންކަން ދެން،". ޝަބީން ވަަރަށް ޔަގީން ކަމާއެކު ވިދާޅުވިއެވެ.

ރާއްޖޭގައި ޒުވާނުން އަތަރަށް ލޯބި ޖެއްސި ބަޔަކީވެސް އޫލް ސަބާޔާއެވެ. އެއީ 2015 ވަނަ އަހަރެވެ.

އޫދް އަލް ސަބާޔާގެ ފިހާރަ، މިތަނުން މީރުވަސް ދުވާ އަމިއްލަ އަތަރާއި ޕާފިއުމް ލިބޭނެ

"ކުރިން މީހުންނަށް ހީވެފައި އޮންނަނީ އަތަރަކީ ހަމައެކަނި މުސްކުޅިންނާއި ދީނީ އިލްމުވެރިންނަށް ހާއްސަ އެއްޗެއް ކަމަށް. އެހެން ނަމަވެސް އެކަން އަޅުގަނޑުމެން ބަދަލުކޮށް، މޮޅު އަތަރް ރާއްޖޭގައި ވައިގައި ހިފުވާލީ،". އޭނާ ވިދާޅުވިއެވެ.

އޭނާ ވަނި މި ވިޔާފާރި ކުރިއެރުވުމުގައި އޭނާއަށް އެހީތެރިވަމުން އަންނަ އަނބިކަނބަލުންނަށްވެސް ޝުކުރު ދަންނަވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި، މިހާރު އިންޓަނޭޝަނަލްކޮށްވެސް އޫދް އަލް ސަބާޔާގެ ޕްރޮޑަކްޓްތައް ވިއްކޭނެ މަގެއް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު