ފިތުރު ޢީދު ފާހަގަކުރުމާއި މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސްއިން 6 ރަށެއްގައި އީދު ސައި ބާއްވައިފިއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި ބައެއް ޖަމިއްޔާތަކާއި ގުޅިގެން މިއަހަރުގެ ޢީދު ސައި ބާއްވާފައިވަނީ ހއ. އުތީމު، ރ. ކިނޮޅަސް، އދ. ދަނގެތި، ތ. ވޭމަންޑޫ، ލ. ގަން އަދި ފުވައްމުލަކު ސިޓީގައެވެ.

ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ އީދު ސަޔަކީ ކޮންމެ އަހަރަކުވެސް އެހާމެ ކާމިޔާބު އަދި ރަށްރަށުންވަރަށް ބޮޑަށް ބަލައިގަންނަ އިވެންޓެއް ކަމަށެވެ.

"އަދި އެކަކުއަނެކާއި ބައްދަލުވެ، ހިނިތުންވެލާ، ވާހަކަ ދައްކާލާ އަދި ކެއުމުގެ މަޖަލުގައި މީހުން އެކުވެރިކުރުވާ ކަމެއް. މިއީ ބޭންކަށް އަބަދުވެސް ވަރަށް ހާއްސަ އިވެންޓެއް."

ސައީދު ވަނީ މި އިވެންޓް ބޭއްވުމަށް އެހީތެރި ވެދެއްވި ޓީމާއި، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ޝުކުރު އަދާކޮށްފައެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އިޖުތިމާއީ ގުޅުމުގެ ބަދަހިކަމާއި އެއްބައިވަންތަކަން އީދު ސައި ފަދަހަރަކާތްތަކުން ދައްކުވައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު