"މެރިން ޑައިވިންގ އެވޯޑްސް" ގެ ދެ ކެޓަގަރީ އަކުން ރާއްޖެއިން ކާމިޔާބީ ހާސިލުކޮށްފިއެވެ.

އެމްއެމްޕީއާރްސީން މައުލޫމާތު ދެއްވި ގޮތުގައި "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިން ވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯ ދަ ފަސްޓް ޓައިމް" އިން ދެ ވަނަ ރާއްޖެއިން ވަނީ ހާސިލް ކޮށްފައެވެ.

"މެރިން ޑައިވިންގ ފެއާ" އަކީ ޖަޕާނުގައި ޑައިވިންގެ ދާއިރާގައި 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިސްކޮށް ހަރަކާތްތެރިވާ ޖަޕާނުގެ އެންމެ ބޮޑު ކޮމްޕްރެހެންސިވް ޑައިވިން ހަރަކާތެވެ. އަދި މެރިން ޑައިވިން އެވޯޑް ކަނޑައަޅަނީ މުޅި ޖަޕާނުގެ ޑައިވަރުންގެ އޮންލައިން ވޯޓުން ހަ މަސް ދުވަހުގެ ވޯޓުލުމުގެ މުއްދަތަށް ފަހުއެވެ.

މި ޝަރަފުވެރި އެވޯޑުގެ 32 ވަނަ އެޑިޝަނަކީ ތަޖުރިބާކާރު ޑައިވަރުންގެ އިތުރުން މުސްތަޤުބަލުގައި ޑައިވިންގ ފަށަން ވިސްނަމުންދާ ފަރާތްތަކާއި ޑައިވިންގ އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށްވެސް ރެފަރެންސެކެވެ.

މި އެވޯޑް ހަފްލާގެ ނަތީޖާ އިއުލާނުކުރުމާއި، އެވޯޑް ހަވާލުކޮށްފައި ވަނީ ޓޯކިޔޯގެ އިކެބުކުރޯގައި ކުރިއަށްދިޔަ "މެރިން ޑައިވިން ފެއާ 2024" ގެ ސްޓޭޖުގައެވެ. އަދި މި ހަފުލާގައި "ސީސް ވޯތު ޑައިވިން އިންޓޫ"، "ސީސް ޓު ވިޒިޓް އިން ދަ ފިއުޗާ"، "އައުޓްސްޓޭންޑިން ޕްރޮފެޝަނަލް ޑައިވާސް" އަދި "ބެސްޓް ޑައިވިން ޝޮޕްސް" ފަދަ 8 ކެޓަގަރީންވެސް މަތީ ރޭންކް ހޯދި މަންޒިލްތަކާއި، އިންސްޓްރަކްޓަރުންނާއި، ޑައިވިންގ ޝޮޕްތައް ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު