ދެކުނު އޭޝިޔާ ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ އެވޯޑް، ސަޓާ އަށް ނަން ހުށަހެޅުމުގެ ސުންގަޑި ގާތްވަމުން އެބަދެއެވެ.

ހައިރައިޒް އިން އިންތިޒާމު ކުރާ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހަމަވާނީ މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

އެޕްލިކޭޝަން ފޯމު ހުށަހަޅައިގެންނާއި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުށަހަޅާފައިވާއިރު، ސަރަޙައްދުގެ ގިނަ، މަޝްހޫރު ބްރޭންޑްތަކަކުން މިހާރުވެސް ވަނީ ނަން ހުށަހަޅާފައެވެ.

2016 ވަނަ އަހަރު ސަޓާ ބާއްވަން ފަށާފައިވާއިރު ނޮމިނޭޝަންތައް ބަލާ، އެވޯޑް ލިބޭ ފަރާތްތައް، ފަޑިޔާރުންގެ ޕެނަލްއަކުން ބަލާއިރު، އެއަށްފަހު އާއްމުންނަށް ވޯޓު ލުމަށްވެސް ހުޅުވާލައެވެ.

މިދިޔަ އަހަރު މި އެވޯޑް އައްޑޫ ސިޓީގެ އީކުއޭޓަރ ވިލެޖުގައި ބޭއްވިއިރު، މި އަހަރުގެ ސަޓާ އެވޯޑް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މުމްބާއީގައެވެ.