އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ފައިވާ އަކީ އާނަމަކަށް ނުވާނެއެވެ. އެއީ ގޭގައި ތިބެގެން އާމްދަނީ ހޯދާ ފަރާތްތަކުން އެމީހުންގެ މަސައްކަތްތައް އިސްތިހާރު ކުރާ ދުނިޔޭގައި ވެސް ނަން ހިންގާ އެއް ވެބްސައިޓެވެ.
ފައިވާ ގައި ބޭނުންވާ ކޮންމެ މަސައްކަތެއް އިސްތިހާރު ކުރެވިދާނެއެވެ. މިސާލަށް ފޮޓޯ އެޑިޓް ކުރުން، ވީޑިއޯ ތައްޔާރުކޮށްދިނުން، ކައިވެނި ޕާޓީގެ ކާޑު ތައްޔާރުކޮށްދިނުން ވެބްސައިޓް ޑިޒައިން ކޮށްދިނުން ފަދަ އެތައް ސަތޭކަ މަސައްކަތެއް އެވެބްސައިޓްގައި އިސްތިހާރު ކުރެވޭނެއެވެ. އެހެންކަމުން މިއީ އާމްދަނީ އިތުރުކޮށް، އަމިއްލަ ވިޔަފާރި މުޅި ދުނިޔެއަށް ހުޅުވާލަން ވަރަށް ރަނގަޅު ވެބްސައިޓެކެވެ.
ފައިވާ ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ވަރަށް ގިނަ ގޮތްތައް އެބަހުއްޓެވެ. މިސާލަށް ވެބްސައިޓެއް ޑިޒައިންކޮށް މީހަކަށް ވިއްކާލުމަށްޓަކައި ފައިވާ މެދުވެރިކޮށް ވެބްސައިޓް ޑިޒައިން ކޮށްދޭ މީހަކު ހެޔޮ އަގެއްގައި ހޯދި ދާނެއެވެ. ހެޔޮ އަގުގައި ވެބްސައިޓް ޑިޒައިންކުރުމަށް ފަހު ކޮންމެވެސް ވަރެއްގެ ފައިދާ އެއް ލުމަށް ފަހު އެހެން މީހަކަށް ވިއްކާލެވިދާނެއެވެ. މިފަދަ ކިތަންމެ ވިޔަފާރިއެއް މިވެބްސައިޓް މެދުވެރިކޮށް ކުރެވޭނެއެވެ.
އަދި ހަމައެދައިން ބޭނުންވާ ޚިދުމަތްތައް ވަރަށް ފަސޭހައިން ހެޔޮ އަގެއްގައި ފައިވާ އިން ހޯދޭނެއެވެ. މިސާލަކަށް ޕާޓީއަކަށް ކާޑެއް ތައްޔާރު ކުރުމެވެ. ވަރަށް ރަނގަޅު ފެންވަރުގެ ކާޑެއް މިވެބްސައިޓް މެދުވެރިކޮށް ވިއްސަކަށް ޑޮލަރަށް ޑިޒައިން ކޮށްލެވިދާނެއެވެ.
ވިޔަފާރިއެއް ފެށުމަށްޓަކައި ލޯގޯ އެއް ޑިޒައިން ކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ ފަސް ޑޮލަރަށް އެމަސައްކަތް ކޮށްލެވިދާނެއެވެ.
ނުވަތަ އިންސްޓަގްރާމްގައި ފޮލޯވާސް އިތުރު ކުރަން ބޭނުންވާ ނަމަ އެކަން ވެސް ކޮށްލެވިދާނެއެވެ. މީސް މީޑިއާގެ އެކި އެކައުންޓްތަކުގެ ފޮލޯވާސް އިތުރު ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެ މީހުން ވެސް ފައިވާގައި ވަނީ ރަޖިސްޓްރީ ވެފައިވެއެވެ.
މިވެބްސައިޓް މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތަކީ ރައްކާތެރި، މީހުންގެ އިތުބާރު ލިބިފައިވާ ފައިސާގެ މުއާމަލާތެކެވެ. ވިސާ ކާޑް ނުވަތަ ޕޭޕަލް އެކައުންޓް މެދުވެރިކޮށް ހޯދާ ޚިދުމަތައް ފައިސާ ދެއްކޭނެއެވެ.
ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް ފުރަތަމަ ފައިވާ މެދުވެރިކޮށް ހޯދާ ޚިދުމަތުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
ފައިވާގައި ރަޖިސްޓްރީ ވުމަށް މިލިންކަށް ކްލިކް ކޮށްލައްވާ
ފައިވާ އަކީ ކޮންމެ ކަމަކަށް ފުދޭ ވެބްސައިޓެކެވެ. ފައިވާ އަކީ އާމްދަނީ އިތުރު ކުރެވޭނެ މަގެކެވެ. އަދި ބޭނުންވާ ޚިދުމަތްތައް އަގުހެޔޮކޮށް، ފަސޭހައިން ހޯދޭނެ ވެބްސައިޓެއް ވެސް މެއެވެ.
އެސައިންމަންޓްވެސް ތީގެން މަ ހަދަނީ
ވިޔަފާރީގެ ގިނަ މުޢާމަލާތްތައް ކުރާބަޔަކަށް ވާއިރު، ސަރުކާރު މެދުވެރިވެ ޕޭޕަލްއިން ރާއްޖެއަށް ފައިސާ ލިބޭގޮތް ހަދައިދީފައި ނެތުން. އެހެންވެ މިއީ ދިވެހިންގެ ގިނަ އޮންލައިން ވިޔަފާރިކުރަން ބޭނުންވެފައިވާ ފަރާތްތަކަށް އެޅިފައި އޮތް ބޮޑު ހުރަހެއް. މިސާލަކަށް އީބޭގައި ރާއްޖެއިން އެއްވެސް އެއްޗެއް ނުއެއް ވިއްކޭ. އިބޫ އަސްލު މިފަހަރު ވާންޖެހޭ އެންމެ މުހިއްމު އެއް ވައުދަކީ ޕޭޕަލްއިން މަނީ ރެސީވް ކުރެވޭގޮތް ރާއްޖެއަށް ހަދައިދިނުން. އެހެން ވެއްޖެނަމަ އެއީ ވަޒީފާ ނުލިބިފައި ތިބި އެތައް ޒުވާން ކުދިންނާއި އެހެނިހެން މީހުންނަށްވެސް އާމްދަނީ ހޯދުމަށް ހުޅުވިގެންދާނޭ އިތުރު ދޮރެއް. ސަރުކާރުން މިކަމަކީވެސް މުހިއްމުކަމެއް ކަމުގައި ދެކި މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މިހާރުން މިހާރަށް ވެސް ކުރާން ޖެހިފައި އޮތް ވަރަށްވެސް މުހިއްމު ކަމެއް.
ވަރަށް ރަނގަޅުވާހަކައެއް ތިބުނީ. މިހާރުވެސް ލަސްވެއްޖެ. ދިވެހި ކުދިން އެބައެޅޭ ވަރަށް ގިނަ ކަންކަން ކުރާ، ހާއްސަކޮން ޒުވާނުން.
ވަރަށް ތާއީދު. އެންޑްރޮއިޑް އެޕާއި ގޭމު ހަދާ ކުދިންވެސް ރާއްޖޭގައި ވަރަށް ގިަނަ. އަދި 3ޑީ މޮޑެލްތައް ހަދާފައި އޮންލައިކޮށް ބޮޑު އަގުގައި ޖެހީމަ އެނިމޭޓަރުންނާއި ގޭމް ޑިޒައިނަރުން ވެސް ގަނޭ. މިކަމުގެ ސަބަބުން އެތަކެއް ޒުވާނުންނަށް އާމްދަނީ ލިބި ކުރިމަގު އުޖާލަވާނެ.