"މޯލްޑިވްސް ލިވިންގ އެކްސްޕޯ 2018" އަށް 1500 އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމް ކުރި ހައިރައިޒް ޕްރައިވެޓް ލިމިޓެޑް އިން ބުނެފިއެވެ.

ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރ ކޮލަންބޯ ސިޓީ ސެންޓަރު އިން މިއަދު ހަވީރު ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ހައި ޓީއަށް ފަހު މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ހައިރައިޒް އިން ބުނީ، ލިވިންގ އެކްސްޕޯގެ ހަ ވަނަ އެޑިޝަންވެސް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ލިވިންގ އެކްސްޕޯއަށް 1500 އަށްވުރެ ގިނަ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ވެސް ހައިރައިޒް އިން މައުލޫމާތު ދެއެވެ.

ލިވިންގ އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު ފަހުން ފެށިގެން ރޭގެ ނިޔަލަށެވެ.

އެ އެކްސްޕޯގެ ޒަރިއްޔާއިން ދިވެހިންނަށް އެޕާޓްމެންޓްސް ބެލުމާއި، ރެޖިސްޓަރކުރުމުގެ ފުރުސަތު ދިންއިރު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޕްރޮޕަޓީސްތަކުގެ އަގުވެސް އެއްތަނަކުން ބަލާލުމުގެ ފުރުސަތުވެސް ފަހިވެގެން ދިޔައެވެ.

މިފަހަރު އެކްސްޕޯގެ ތެރެއިންވެސް ވިޒިޓް އެންޑް ވިންގެ ނަމުގައި ގިނަ ލަކީޑްރޯތަކެއް ކުރިއަށްދިޔައިރު، އޭގެ ނަސީބްވެރިން ވެސް ވަނީ ހޮވާފައެވެ.

އެ ލަކީ ޑްރޯއިން ހޮވުނު ފަރާތްތަކަށް ބެޑްރޫމް ސެޓު، ސޯފާ ސެޓު އަދި ޑައިނިން ޓޭބަލް ފަދަ އަގުހުރި އިނާމުތައް ވަނީ ދީފައެވެ.

ލިވިންގ އެކްސްޕޯގެ މިފަހަރުގެ މެއިން ސްޕޮންސަރަކީ ކޮލަންބޯގައި ރިއަލް އެސްޓޭޓްގެ ޚިދުމަތް ދިނުމުގައި މިހާރު އެންމެ ކުރިއަރާފައިވާ އެއް ކުންފުންޏެވެ.