"މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ" ގައި ސްރީލަންކާގެ އޭވިއޭޝަން ކޮލެޖުން މި ފަހަރުވެސް ބައިވެރިވުމަށް ނިންމައިފިއެވެ.
މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބެން ހުރި މަތީ ތައުލީމާއި ތަމްރީން އަދި އިލްމު އުނގެނުމާ ގުޅޭ ދާއިރާތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެކްސްޕޯއެކެވެ.
ސްރީލަންކާގައި އޭވިއޭޝަން ކޮލެޖުން ބުނީ، މި މަހުގެ 29 އިން 31 އަށް ދަރުބާރު ގޭގައި އޮންނަ މި އެކްސްޕޯގައި އެ ކޮލެޖުން ބައިވެރިވެ، އެ ކޮލެޖްގައި ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށެވެ.
ސްރީލަންކާގައި އޭވިއޭޝަން ކޮލެޖުން ބުނިގޮތުގައި، އެ އެކްސްޕޯގައި އެ ކޮލެޖަށް ލިބުނު ސްޓޯލްކަމަށްވާ C27 އަށް ޒިޔާރަތްކޮށްގެން އަންނަ ޖޫން މަހު އެ ކޮލެޖްގައި ކުރިއަށްގެންދަ އެއާކްރާފްޓް މެއިންޓެނެންސް އިންޖީނިއަރިންގގެ ބީ1 އަދި ބީ2 އަށް ރެޖިސްޓަރކޮށްގެން ކޯސް ފީން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެ އެކްސްޕޯގެ ތެރެއިން އެ ކޯހަށް ރެޖިސްޓަރކޮށްގެން ކޯސް ފީން 1000 ޑޮލަރުގެ ޑިސްކައުންޓެއް ލިބިގެން ދާނެކަމަށް ސްރީލަންކާގައި އޭވިއޭޝަން ކޮލެޖުން މައުލޫމާތުދެއެވެ.
އިއާސާގެ ގަވާއިދުގެ ދަށުން މި ކޯހަށް ކުރިމަތިލެވޭނީ ލިމިޓެޑް ކުދިންނަށެވެ.
މި ފެއާ ކުރިއަށްގެންދާތާ މިއީ 8 ވަނަ އަހަރެވެ.
އީސާއެއް ނޫން، އިއާސާއެވެ.
މީގެ ކުރީގެ ކޯސްފީއަކީ 22500 ޑޮލަރސް