މިއީ ޒީނަތްތެރިވުމަށް ކޮންމެ ކަމެއްވެސް ކުރެވެން އޮތް ޒަމާނެވެ. ކޮންމެ ކަމަކަށްމެ ޚާއްސަ ތަކެއްޗާއި އުފެއްދުންތައް ފަސޭހަކަމާއެކު ލިބޭ ޒަމާނެއެވެ. ޒަމާނީ ފެޝަން ޓްރެންޑްތަކުގެ ތެރޭގައި މެނިކިޔާރ އަދި ޕެޑިކިޔާރ ފަދަ ކަންކަމަކީ ވަރަށް އާންމު ކަންކަމެވެ. އެގޮތުން މެނިކިޔާރ ކުރުމަށް އެކަމުގެ ތަޖުރިބާކާރުން އެތައް އުކުޅުތަކެއް ބޭނުންކުރާއިރު އެ އުކުޅުތަކަކީ އަމިއްލައަށް ގޭގައިވެސް ދަސްކޮށް ބޭނުންކުރެވިދާނެ އުކުޅުތަކެކެވެ.

ރާއްޖޭގެ މަޝްހޫރު އޮންލައިން ވިޔަފާރި، "ލިބޭ" އިން މިހާރު ވިއްކަން ފަށާފައިވާ ސީކްރެޓް ބްރޭންޑުގެ "ނެއިލް ކެއަރ ކަލެކްޝަން" ކިޓަކީ ގޭގައި ހުރެގެންވެސް ނިޔަފަތިތައް ރީތިކޮށް ހަދާލެވޭނެ ކިޓެވެ. ބޮޑެތި ޚަރަދުކޮށްގެން ނިޔަފަތިތައް ރީތިކުރުމަށް ދިވެހިން، ޚާއްސަކޮށް ދިވެހި އަންހެންވެރިން ކުރާ މަސައްކަތަށް މިއައީ ނިމުމެކެވެ. ހަތަރު އަހަރު ވަންދެން ބޭނުންކޮށްލެވޭ މި ކިޓަކީ މިހާރު ރާއްޖެއިން ލިބޭ އެންމެ އިތުބާރު ހުރި އެއް ޕްރޮޑަކްޓެވެ. ސަބަބަކީ މި ކިޓުގައި ހިމެނޭ ތަކެތި ބޭނުންކޮށްގެން ވަގުތު ނަތީޖާ ފެންނާތީއެވެ.

ގޭގައި ފަސޭހަކަމާއި އެކު ބޭނުންކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސީކްރެޓް ބްރޭންޑުގެ ނެއިލް ކެއަރ ކަލެކްޝަން ކިޓަކީ އެތައް ބޭނުމެއް އެންމެ ކިޓަކުން ކޮށްލެވޭ ޕްރޮޑަކްޓުތައް ހިމެނޭ ކިޓެކެވެ. އެގޮތުން ނިޔަފަތިތައް އޮމާންކޮށްލުމަށް ބޭނުންކުރާ އާލާތްތަކުން ފެށިގެން ނިޔަފައްޗާއި ނިޔަފަތީގެ ނިމޭ ހިސާބުގައިވާ ހަންގަނޑު ވަރުގަދަކޮށްދޭ ތަކެއްޗާއި ބޮޑީ ލޯޝަންވެސް މި ކިޓާއި އެކު ލިބޭނެއެވެ.

ނިޔަފައްޗާއި ހަންގަނޑަށް ފައިދާހުރި ގުދުރަތީ އެތައް ބައިތަކެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ ސީކްރެޓް ނެއިލް ކެއަރ ކަލެކްޝަންގެ ޕްރޮޑަކްޓުތަކުތައް އުފެއްދުމުގައި، އަލޮވެރާ އާއި ގްރޭޕްސީޑް އޮއިލް އާއި ސަންފްލާވާ އޮއިލްގެ އިތުރުން ވިޓަމިން އީ އާއި އެނޫންވެސް ގިނަ ޢަދަދެއްގެ ގުދުރަތީ ފައިދާކުރަނިވި ތަކެތި ބޭނުންކޮށްފައި ވެއެވެ. ނުރައްކާތެރި ކެމިކަލްގެ އެއްވެސް އަސަރެއް ނުހިމެނޭ ގޮތަށް އުފައްދާފައިވާ މި ޕްރޮޑަކްޓުތަކަކީ ނެއިލް ޕޮލިޝް އާއި ނުލައި އާދަޔާއި ޚިލާފަށް ނިޔަފަތި އޮމާންކޮށްލެވޭ މޮޅު ޕްރޮޑަކްޓުތަކެކެވެ.

މި ޕްރޮޑަކްޓުތައް ބޭނުންކުރަން ޖެހޭ ގޮތަށް ބަލާލާއިރު، ކިޓާއި އެކު ލިބޭ އާލާތްތައް ބޭނުންކޮށްގެން ނިޔަފަތީގެ ކަންތައް އެއްވަރުކޮށް ރީތިކޮށްލަން ޖެހެއެވެ. މިގޮތުން ނިޔަފަތިތައް ބޭނުންވާ ގޮތަށް ބައްޓަން ކުރުމަށްފަހު ކިޓާއިއެކު ލިބޭ ނިޔަފަތިތައް އޮމާންކުރުމަށް ބޭނުންކުރާ ކިއުބުގެ ނޫކުލައިގެ ފަޅިން ނިޔަފަތިތަކުގެ މަތި އޮމާން ކުރާނީއެވެ. އަދި އެ ކިއުބުގެ އަނެއް ފަޅިން ނިޔަފަތިތަކުގެ ކޮޅުތަކާއި ކައިރި އޮމާން ކުރާނީއެވެ. ކޮންމެ މަހަކު އެއްފަހަރު ފަސް ސިކުންތަށް މިގޮތަށް ކަންތައް ކުރަން ވާނެއެވެ. މި ކިއުބު ބޭނުން ކުރުމަށްފަހު ކޮންމެ ފަހަރަކުވެސް ކިއުބު ސާފުކޮށްލުން ރަނގަޅެވެ.

ސީކްރެޓް ނެއިލް ކެއަރ ކަލެކްޝަން ކިޓުގައިވާ ކަޓިކަލް ތެޔޮފުޅިއަކީ ނިޔަފަތިތަކާއި ނިޔަފަތީގެ ކައިރި ފަށަލަތައް ދުޅަހެޔޮކޮށް ވަރުގަދަ ކުރުމަށް ބޭނުންކުރާ ފައިދާހުރި ތެލެކެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މި ތެޔޮ ބޭނުންކޮށްގެން ނިޔަފަތީގެ ކައިރީގެ ފަށަލަތައް ރަނގަޅަށް މަސާޖުކޮށްލަން ވާނެއެވެ. އެއަށްފަހު އޭގައިވާ ބޮޑީ ލޯޝަން، އަތާއި ފައިގައި ހޭކުމަށްފަހު ރަނގަޅަށް މަސާޖުކޮށްލާނީއެވެ. މި ލޯޝަނަކީ ނިޔަފަތީގެ ކައިރީގައިވާ ފަށަލަތައް މާބޮޑަށް ހިކިފައި ހުންނަ ހުރުމަށް އޮތް ވަރަށް ރަނގަޅު ފަރުވާއެއްވެސް މެއެވެ. އަދި ނިޔަފަތި ދުޅަހެޔޮކޮށްދީ ކައިރީގައިވާ ފަށަލަތައް ތާޒާކަންމަތީ ދެމެހެއްޓުމަށްވެސް މި ލޯޝަން މުޙިންމު ދައުރެއް އަދާކުރެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކޮށްލެވޭ ގޮތަށް އުފައްދާފައިވާ ސީކްރެޓް ނެއިލް ކެއަރ ކަލެކްޝަން ކިޓަކީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރަނގަޅު އަދި ބޭނުންވާ ނަތީޖާ ދައްކުވައިދޭ ކިޓަކަށް ވާއިރު، މިއީ އެންމެ ފަސޭހަކަމާއެކު ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް ނުރައްކަލެއް ނެތް ގޮތަށް މެނިކެއަރ އަދި ޕެޑިކެއަރ ކުރުމަށް މަގުފަހިކޮށްދޭ ކިޓެކެވެ. ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނާގޮތުގައި، ނިޔަފަތިތައް ރީތިކުރުމަށް އިތުރު އެއްވެސް ބާވަތެއް ބޭނުން ނުކޮށް ސީކްރެޓް ނެއިލް ކެއަރ ކަލެކްޝަން ކިޓް ބޭނުންކުރުމަކީ ދާއިމީގޮތެއްގައި ނިޔަފަތިތަކަށް އުޖާލާކަން ގެނެސްދޭ، ފައިދާކުރަނިވި އުފެއްދުންތައް ހިމެނޭ ކިޓެކެވެ.

މި ކިޓް މިހާރު "ލިބޭ" ގެ ފޭސްބުކް ޕޭޖުން ވިއްކަމުން ދާއިރު، ޕްރޮޑަކްޓް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ. މި ޕްރޮޑަކްޓު މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ.