އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ވިދާޅުވީ ޑީސަލް ލީޓަރެއްގެ އަގުން 78 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޕެޓްރޯލް ލީޓަރެއް މިހާރު ލިބެން ހުންނާނީ 11.13 ރ. އަށް އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރ. އަށެވެ.

އެސްޓީއޯއިން ވިދާޅުވީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ކުޑަވުމާއި ގުޅިގެން ކަމަށެވެ. މިއީ މިއީ މި އަހަރު އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮކުރި ތިން ވަނަ ފަހަރެވެ.

މިއަދު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮ ކުރިނަމަވެސް މިއަދު ގަލްފްގައި އޮމާންގެ ތެޔޮ ޓޭންކަރަކަށް ދިން ހަމަލާ އަކާއި ގުޅިގެން މިއަދު ކުއްލިއަކަށް ބައިނަލްއަޤުވާމީ މާކެޓްގައި ތެލުގެ އަގު ވަނީ އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާދިރު

    ހެޔޮ ވެރިކަމެއް

    4
    8
  2. މުހަންމަދު

    ޔާމީން ވެރިކަމުގަ 30 ރުފިޔާއން ސައިކަލްގެ ޓެންކު ފުރޭއިރު ސޯލިހު ސަރުކާރުގަ ޓޭންކު މެދައްވެސްނާރާ