ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި،ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދު (މެއި 1) އިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.14ރ. ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 15.70ރ. ކަމަށެވެ.

ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 15.97ރ. އަށެވެ. ޑީސަލް ލީޓަރެއް 16.32ރ. އަށެވެ. އެހެންވެ މިއީ، ޕެޓްރޯލް ލީޓަރަކުން 83 ލާރި އަދި ޑީސަލު ލީޓަރަކުން 62 މާރީގެ ހެޔޮވުމެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވި ހީނަރުކަމުން އަރައި ނުގަނެވިގެން އުޅެނިކޮށް ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފެށުމުން ރާއްޖޭގައި ވެސް ފަސް ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފައިވެ އެވެ.

ނަމަވެސް ތެލުގެ އަގު ދަށަށް ދާން ފެށުމުން މިދިޔަ އޮގަސްޓް މަހު ތެލުގެ އަގު ހެޔޮ ކުރިއެވެ.

އޭޕެކް އިން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމާއި އަދި އެމެރިކާގެ ފެޑްރަލް ރިޒާވް އިތުރުވެފައިވާ ކަމަށް މިދިޔަ ހަފްތާގައި އިއުލާން ކުރުމުން މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ީއަޙްމަދު

    ދަތުރުތައް އަގުހެޔޮކުރޭ……!!!

    4
    3
  2. އަޅޭ

    ޕެޓްރޯލް އަގު ބޮޑުކުރާއިރު، 2 ރުފިޔާ 3 ރުވިޔާ ވަރު ބޮޑުކުރުމަށްފަހު އަގުބޮޑު ކުރިއިރަށްވުރެ އަގުހެޔޮކޮށް ދުނިޔޭގެ ގާޒާރުގެ ތެލުގެ އަގު ވެއްޓުނުތާ އެތައް ދުވަހެއް ފަހުން، އަގުހެޔޮކުރާއިރު ކުޑަ ލާރިކޮޅަކަށް ހެޔޮ ކުރުމަކީ އަގުހެޔޮ ކުރުމެއް ނޫން.

    14
    1
  3. ޜައްޔިތުމީހާ

    އަދިވެސް ވުކްރޭން ހަންގުރާމައެއް ނުހުއްޓާ ތެލުގެއަގު ދަށައްދިޔައިރުވެސް ރާއްޖޭގަ ތެޔޮއަގުހެވެއްނުކުރޭ އިންތިހާބު ކައިވާހެން އެބަހީވޭ

    12
    1
  4. ގޯޔާ

    ގައުމުގެ ބިން ވިއްކާފައި، 80ލާރި ޕެޓްރޯލުން ކަނޑާލަދިނީ. ކިހާ ހެޔޮ

    12
    1
  5. ޔާޒީ

    ގިތެލުގެ އަގުވެސް ހެޔޮ ކުރަމާ. ކޮންމެވެސް ގޮތަކުން އެބަޖެހޭތާ ވިއްކާލި ކަނަޑުގެ އާފާތުންސަލާމަތްވެވޭތޯ ބަލަން...